މަރިޔަމް ލައިޝާ   15 ޑިސެމްބަރު 2021 - 1:14
ތިން ޖަލަކުން ކޮވިޑް-19ގެ ކޭސްތަކެއް ފެނިއްޖެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ޚިދުމަތުން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކަޝަނަލް ޚިދުމަތުން މިހެން ބުނީ ކޮވިޑްގެ އަލާމާތް ހުރެގެން ނެގި ސާމްޕަލް ތަކުން ހުޅުމާލެ ޖަލުން އޮފިސަރަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. މީގެއިތުރުން، މާފުށި ޖަލުން ގައިދީއަކާއި، މާލެ ޖަލުން 8 ގައިދީން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.



މިއާއެކު އިތުރު ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނަގައި، ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ. ނަމަވެސް މި ކޭސްތަކާގުޅިގެން މި ތިން ޖަލުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައިވާކަމެއް ނުވަތަ ނޫންކަމެއް ކަރެކްޝަނަކުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް މާލެ ޖަލާއި ހުޅުމާލެ ޖަލު، އަދި މާފުށީ ޖަލުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއެކު އެ ތިން ޖަލުވެސް ބަންދުކުރިއެވެ. މިއާއެކު އެ ޖަލުތަކުގައި ތިބި ހައި ރިސްކު ގައިދީން ގޭބަންދަށް ވަނީ ބަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު