ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި މައްސަލާގައި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމި ނިންމުމަކީ މާލޭގެ ރައްޔިތުންނާއި ދެކޮޅަށް ނިންމި ނިންމުމެއްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނީގޮތުން އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް އެލްޖީއޭއިން އެންގުމުންނެވެ. އަދި އެކަމާއި ގުޅޭ ތަހުޤީޤެއްވެސް ކުރިއަށްގެންދިއުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
އެލްޖީއޭގެ ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރުގެ ކޮމިއުނިޓީ ވައިބާ ގުރޫޕްގައި މުއިއްޒު ވިދާޅުވީ އެލްޖީއޭގެ ނިންމުމަކީ ސަރުކާރުގެ ކުންފުންޏެއްގެ ދިފާޢުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ މާލޭ ރައްޔިތުންނާ ދެކޮޅަށް ނިންމި ނިންމުމެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަކުރައްވާފައެވެ.
ހުޅުމާލޭގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ބާޠިލްކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި ނިންމުން ފާސްކުރަން ކައުންސިލްގެ 12 މެމްބަރުން ވޯޓް ދެއްވިއިރު އޭގެތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު ވެސް ހިމެނެއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެއަކީ މާލޭ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ނަމަވެސް މިކަމުގައި ސަރުކާރާއި ކައުންސިލާއިމެދު ވަނީ ބޮޑު އަރައިރުމެއް އުފެދިފައެވެ. އަދި އެޗްޑީސީން ވަނީ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި މިކަމުގައި އެންމެފަހުގެ ނިންމުމެއް އަންނާނީ ކޯޓުން މައްސަލަ ނިންމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު