އަހުމަދު މަސްނޫމް   15 ޑިސެމްބަރު 2021 - 5:18
ރ.ވާދޫގައި ކުރިއަށްގެންދަން ނިންމާފައިވާ ސިޓީ ހޮޓާ މަޝްރޫއު ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫއު އެންމެ ފުރަތަމަ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހަވާލުކުރީ ދިވެހި ކުންފުންޏެއްކަމަށްވާ ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. ސިންގަޕޫރު ކުންފުންޏާއި މި މަޝްރޫއު ލީސް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ކުރިން މިމަޝްރޫއު ހަވާލުކުރި ކުންފުންޏަށް ކޯވިޑްގެ ސަބަބުން ދިމާވި ކަންކަމުގެ ސަބަބުން، އެކުންފުނީގެ އެދުމުގެ މަތީންނެވެ.

ވާދޫ ކައުންސިލުން ބުނީ 3 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް، ފާލަން ހޮލްޑިންގްސްއާ އެކު ވެފައިވާ އެއްބަސްވުން، ސިންގަޕޫރުގެ އެމް20 ހޮސްޕިޓާލިޓީ ވެންޗަރސްއާ ހަވާލުކުރީ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އަދި މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ވާދޫ ކައުންސިލުން ބުނީ މި މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީއާ ވެސް ބައްދަލުކޮށްފައިވާކަމަށާއި، މަޝްރޫއުގެ ޕްލޭނާއި ކޮންސެޕްޓްވެސް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.



ވާދޫގައި އެޅުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގައި ހިމެނޭނީ 25 ބީޗު ވިލާ އާއި 25 ގާޑެން ވިލާއެވެ. މި ތަން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ސިޓީ ހޮޓަލެއްގެ ފެންވަރަށެވެ.



ކިޔުންތެރިންގެ ހިޔާލު