ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް

ގެންދިޔަ މި މަޝްރޫޢުގެ ގެ އަގަކީ 8.9 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން 8,100 ކިޔުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައެވެ.



މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނިއެހެލާ ސަރަޙައްދު ލެވެލްކުރުމާއި، ރަށުގެ އެކި ސަރަޙައްދުތައް ސާފުކޮށްދިނުމާއި، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 8 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 7 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު