މާދަމާއިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސަށް ދާން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ހަމައެކަނި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ. އަދި ރިސެސް ނިންމާލުމަށްފަހު ކޯޓުގެ އާއްމު ޝެޑިއުލަށް މަސައްކަތްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ.
ކޯޓު ރިސެސްގައި އޮތްނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރޭ އަމުރުތައް ނެރުމުގެ މަސައްކަތް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެވެ.
ކްރިމިނަލް ކޯޓު ރިސެސްއަށް ގޮސްފައިވާއިރު، ސުޕްރީމް ކޯޓާއި ހައި ކޯޓުވެސް އޮތީ ރިސެސްގައެވެ. އަދި ފެމިލީ ކޯޓު މާދަމާއިން ފެށިގެން ރިސެސްއަށް ދާނެއެވެ. ނަމަވެސް ޑްރަގް ކޯޓާއި ސިވިލް ކޯޓު ރިސެސްއަށް ނުދާން ވަނީ ނިންމައިފައެވެ. އެއީ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު