ފަތުރުވެރިކަމުގެ ސިނާއަތުގެ ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ފޯރުކޮށްދީފައިވާ 1.4 މިލިއަން ރުފިޔާގެ އެހީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ކޯވިޑްގެ ތެރޭގައި އީޔޫއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"ގެ ދަށުން 2 މިލިއަން ޔޫރޯ ނުވަތަ 34.8 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ބުނީ އީޔޫއިން ފޯރުކޮށްދިން އެހީގެ ތެރެއިން 1.4 މިލިއަން ޔޫރޯ ނުވަތަ 24.3 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި އެހީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ހީނަރުކަމުން އަރައިގަނެ، ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ޤާއިމުކުރުމަށް އެހީވުމުގެ މަޤްސަދުގައި ފޯރުކޮށްދީފައިވާ އެހީއެކެވެ. މި އެހީ ޚާއްސަ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.
މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެނދަކަށް 2453.76 ރުފިޔާގެ މަޤުން އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސަޕޯޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަރޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުންދިޔުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު