ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ކެއިކޯ ޔަނައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ޖަޕާނު ސަފީރު ކުރެއްވި މަސައްކަތްޕުޅަށް ތައުރީފްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޖަޕާނުގެ ހިއްސާ ބޮޑުކަމަށް ވިދާޅުވެ، އެކި ދާއިރާތަކުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑްގެ ތެރޭގައި ރާއްޖެއަށް އެހީވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ފޯރުކޮށްދިން 5 ބިލިއަން ޖަޕާނީސް ޔެންގެ އެހީތެރިކަމަށް ޝުކުރު އަދާކޮށް، އެއީ މިހާތަނަށް ޖަޕާނުން ފޯރުކޮށްދިން އެފަދަ އެެންމެ ބޮޑު އެހީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ޖަޕާނު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގައި ދިވެހި ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމާއި، ދެއްވި އެއްބާރުލުމާއި، ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާފައެވެ.
އަންނަ އަހަރަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރޭ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު