"ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙުކޮށްފިއެވެ.
މިއީ ކުނި ނައްތާލުމާއި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢުއެވެ.
މި މަޝްރޫޢަކީ މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ މަޝްރޫއެކެވެ. މި މަޝްރޫޢަށް ދިވެހި ސަރުކާރާއި، ބޭރުގެ އެހީ ދޭ 6 ފަރާތެއްގެ މާލީ އެހީތެރިކަމާއެކު 304 މިލިޔަން ރުފިޔާ ހަރަދުކުރެއެވެ.
ހޮޓެލް ޖެންގައި މި މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، އޭޑީބީގެ ހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދޮ އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީޚުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކޮންޓްރެކްޓްކަމަށެވެ.
"ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ,އއ, އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެ. ކުނި މެނޭޖް ކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ. މާލެއާއި, ވިލިމާލެ, އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޤާއިމުކުރެވޭނެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައިވެސް މިހާރުވަނީ ސޮއިކޮށްފައި." ޝާއުނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވޭސްޓު އެނާޖީ ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. އަދި މި މަޝްރޫއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާކަން މިނިސްޓަރ ޝާއުނާވަނީ ފާހަގަކުރައްވާފައެވެ.
ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސް ކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށާއި، މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާއިންކަމަށް އެންވަޔަރަނަމަންޓް މިނިސްޓްރީން ބުނެއެވެ.

The launching Ceremony of Greater Male' Environmental Improvement and Waste Management Project (Phases I & II) was held today. pic.twitter.com/vdjM2KMJga
— Min. of Environment, Climate Change and Technology (@MoEnvmv) December 15, 2021
"ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ,އއ, އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެ. ކުނި މެނޭޖް ކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ. މާލެއާއި, ވިލިމާލެ, އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޤާއިމުކުރެވޭނެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައިވެސް މިހާރުވަނީ ސޮއިކޮށްފައި." ޝާއުނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވޭސްޓު އެނާޖީ ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. އަދި މި މަޝްރޫއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާކަން މިނިސްޓަރ ޝާއުނާވަނީ ފާހަގަކުރައްވާފައެވެ.
ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސް ކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށާއި، މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާއިންކަމަށް އެންވަޔަރަނަމަންޓް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު