ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިސް ނެންގެވުމާއެކު ފެއްޓެވި "ފެލޯޝިޕް ފޮރ ހޯޕް" ޕްރޮގްރާމްގެ ދަށުން އދގައި މަސައްކަތްކުރުމަށް ކަނޑައެޅި ބައިވެރިން ހޮވައިފިއެވެ.
މިކަން އިއުލާންކުރެއްވީ އދގ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އދގެ މައި މަރުކަޒުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ބޭރުގެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ ޒުވާން ކުދިން އދގެ މަސައްކަތުގައި ޝާމިލުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ދެކިގެން ފެލޯޝިޕް ފޮރ ހޯޕް، މީގެ ހަފްތާތަކެއް ކުރިން އިފްތިތާޙު ކުރެއްވުނީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މި ފެލޯޝިޕްގެ ޒަރިއްޔާއިން، ޖަނަވަރީ މަހުން ފެށިގެން 8 ޒުވާން ޑިޕްލޮމެޓުން އދގައި ހުންނަ އެމަނިކުފާނުގެ އޮފީހާ ގުޅިވަޑައިގަންނަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެއީ އެންޓީގުއާ އެންޑް ބާބިއުޑާ، ބޫޓާން، ގްރެނާޑާ، ގިނީ، ލާއޯސް، ނައުރޫ، ޔޫގެންޑާ އަދި ޒިމްބާބްވޭ އިން. އެއީ 5 އަންހެނުންނާއި 3 ފިރިހެނުން. އެބޭފުޅުން އަޅުގަނޑުގެ އޮފީހާ ގުޅިފައި، އަޅުގަނޑުގެ ޓީމްތަކާ އެކީގައި މަސައްކަތް ކޮށްގެން، އަދި ޔުނިޓާރއިން އިންތިޒާމު ކޮށްގެން ބާއްވަވާ ސެމިނަރތަކާއި ވަރކްޝޮޕްތައްވެސް ނަގާނެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދީ ރިޔާސަތު ނުވަތަ ޕްރެޒިޑެންސީ އޮފް ހޯޕް ކާމިޔާބު ކުރުމުގައި އެ ޒުވާނުންގެ އެހީތެރިކަން ލިބޭނެކަން ޔަގީންކުރައްވާކަމަށެވެ. އަދި އެއަށްވުރެ މުހިންމުކަމަކީ، ޑިޕްލޮމެޓިކް ސްޓޭޖްގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެބޭފުޅުންގެ ޤައުމުތަކަށް އެހީތެރިވެވަޑައިގެން، އެބޭފުޅުންގެ ޢިލްމާއި ހުނަރުގެ ތެރެއިން ދުރަށް ވަޑައިގެންނެވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގަތީ އުއްމީދުގެ ފަސް ދޯދީގެ މައްޗަށް ބިނާކޮށްފައިވާ އުއްމީދީ ރިޔާސަތަކާއެކުކަމަށެވެ.
"ފުރަތަމަ ދެ ދޯދީގައި: މި ބަލިމަޑުކަމުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އަލުން ބިނާކުރުމުގެ މަސައްކަތް، އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން: ކޮވިޑް-19އިން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮތްގޮތަކީ ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުން. އެންމެންނަށްވެސް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިވަގުތުމަސައްކަތް ކުރަމުންގެންދަނީ، ވެކްސިނާ ބެހޭގޮތުން އާ އަހަރުގެ "ރެޒޮލިއުޝަން" އެއް ޤާއިމްކުރުމަށްކަމަށެވެ. އަދި އުންމީދަކީ، މިއަންނަ ޖެނުއަރީގައި ނިއުޔޯކްގައި ބާއްވާ ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ އަށް 193 މެމްބަރު ގައުމުން އެކަމާއި ގުޅިވަޑައިގަތުންކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެ ހަރަކާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، ވެކްސިންގެ މައްސަލައަކީ އަޅުގަނޑުމެން އެންމެންނަށް އޭގެއިން ފައިދާލިބި އަސަރުކުރާ ކަމެއްކަމުން، މި ޙަފްލާ ޕްރޮމޯޓްކޮށް ކަވަރ ކުރުމުގައި ތިޔަބޭފުޅުން އެހީތެރިވެދެއްވާނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އަމާޒަކީ، ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް، ހުރިހާ ތަނެއްގައި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށެވެ. އަދި ބޭނުންވަނީ، މުޅި ދުނިޔެއަށް ވެކްސިން ކަށަވަރު ކުރުމަށްޓަކައި، ސިޔާސީ ގޮތުން އާ ޢަޒުމަކާއި، މާނަވީ ބައިވެރިވުމެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

A pleasure to speak to the @UNCANews at a press briefing this morning.
— Abdulla Shahid (@abdulla_shahid) December 14, 2021
I will always stand for an empowered media that can hold all to account and ensure accountability.
My message to them: join me in raising the issue of #vaccineequity.
Statement: https://t.co/vxqHF0nBwC pic.twitter.com/4JWLktuuyD
ޝާހިދު ވިދާޅުވީ އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގަތީ އުއްމީދުގެ ފަސް ދޯދީގެ މައްޗަށް ބިނާކޮށްފައިވާ އުއްމީދީ ރިޔާސަތަކާއެކުކަމަށެވެ.
"ފުރަތަމަ ދެ ދޯދީގައި: މި ބަލިމަޑުކަމުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އަލުން ބިނާކުރުމުގެ މަސައްކަތް، އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން: ކޮވިޑް-19އިން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮތްގޮތަކީ ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުން. އެންމެންނަށްވެސް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިވަގުތުމަސައްކަތް ކުރަމުންގެންދަނީ، ވެކްސިނާ ބެހޭގޮތުން އާ އަހަރުގެ "ރެޒޮލިއުޝަން" އެއް ޤާއިމްކުރުމަށްކަމަށެވެ. އަދި އުންމީދަކީ، މިއަންނަ ޖެނުއަރީގައި ނިއުޔޯކްގައި ބާއްވާ ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ އަށް 193 މެމްބަރު ގައުމުން އެކަމާއި ގުޅިވަޑައިގަތުންކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެ ހަރަކާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، ވެކްސިންގެ މައްސަލައަކީ އަޅުގަނޑުމެން އެންމެންނަށް އޭގެއިން ފައިދާލިބި އަސަރުކުރާ ކަމެއްކަމުން، މި ޙަފްލާ ޕްރޮމޯޓްކޮށް ކަވަރ ކުރުމުގައި ތިޔަބޭފުޅުން އެހީތެރިވެދެއްވާނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އަމާޒަކީ، ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް، ހުރިހާ ތަނެއްގައި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށެވެ. އަދި ބޭނުންވަނީ، މުޅި ދުނިޔެއަށް ވެކްސިން ކަށަވަރު ކުރުމަށްޓަކައި، ސިޔާސީ ގޮތުން އާ ޢަޒުމަކާއި، މާނަވީ ބައިވެރިވުމެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު