ކުރިއަށް އޮތް ހަފުތާ ބަންދާ ދިމާކޮށް އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކ. ގުރައިދޫއާއި ކ. ތުލުސްދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ބުރާސްފަތިދުވަހު ރައީސް ޔާމީން ވަޑައިގަންނަވާނީ ކ. ގުރައިދޫއަށެވެ. އަދި ހުކުރު ދުވަހު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫއަށްކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
މި ދަތުރުުފުޅުގައި ގުރައިދޫ އާއި ތުލުސްދޫގެ ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލުކުރައްވައި ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ބައްލަވައި އޮޅުންފިލުއްވައި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނަމަވެސް އެ ދެރަށުގައި ބޮޑު ޖަލްސާއެއް ނުބާއްވާނޭކަމަށް ޕީޕިއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ. މިއީ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމަށްފަހު ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ގުރައިދޫ އާއި ތުލުސްދޫއަކީ ޕީޕިއެމްގެ ސަޕޯޓް ބޮޑު ދެ ރަށެވެ. އެގޮތުން އެ ދާއިރާތަކުގެ ކައުންސިލާއި މަޖިލިސްވެސް ކޮންޓްރޯލްކުރަނީ ޕީޕީއެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު