އަހުމަދު މަސްނޫމް   15 ޑިސެމްބަރު 2021 - 20:45
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީމަހު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މާދަމާ ހެނދުނު 8:30 ން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.



ގާނޫނުގައި ބުނެފައި ވަނީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނެ ކަމަށެވެ.

އިންތިހާބަށް ކެނޑިޑޭޓުން ކުރިމަތިލުމަށާއި ގުރުއަތު ނެގުމުގެ އިތުރުން އިލެކްޝަން އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް މީހުން ހަމަޖެއްސުމަށްވެސް ވަގުތު ދީގެން ކަަންކަން ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު