އަހުމަދު މަސްނޫމް   15 ޑިސެމްބަރު 2021 - 21:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮތްވާ، މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މިޖަލްސާގައި އެޖެންޑާގައި އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ މައްސަލަ އެކަންޏެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ އެކި މައްސަލަތަކާ ގުޅޭގޮތުން އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް ބުނެއެވެ.

އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ، މެމްބަރު އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ އޮޑިޓްގެ މަސައްކަތް ފެށުމާއެކު ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު