ދައުރުން ބޭރުގައި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ނުގޮސް ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަނުން މިރޭ ނިންމައިފި އެވެ.
ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީސް މި ދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް އެ ޖަލްސާގައި ބައިވެރި ވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއްނެތި ކަމަށް އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށާ އަދި އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ ޑިމޮކްރެޓިކް ހަމަތަކަށް މި ސަރުކާރުން އެއްވެސް ކަހަލަ އިހުތިރާމެއް ނުކުރާ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަހުގީގީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ޕީޕީއެމުން ސިފަކޮށްފައިވެއެވެ.
"... އެހެންކަމުން މިކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." ޕީޕިއެމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު