އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރޭ ރަސްމީ ބަޔާންތަކުގައި "އިންޑިއާ އައުޓް" ސްޓޭމްޕް ރެއިން ފެށިގެން ބޭނުން ކުރަންފަށައިފިއެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކަޓް ކުރިކަން ހާމަކޮށް ރޭ އިދިކޮޅުން ނެރުނު ބަޔާނުގައިވެސް ވަނީ "އިންޑިއާ އައުޓް" ސްޓޭމްޕް ބޭނުންކޮށްފައެވެ. ޕީޕީއެމުން ބުނީ، އެ ޕާޓީގެ ހުރިހާ ބަޔާނެއްގައި ދެން އެ ސްޓޭމްޕް ބޭނުން ކުރަން ނިއްމައިފައިވާ ކަމަށެވެ. އިދިކޮޅު ލީޑަރު ރައީސް ޔާމިން ޖަލުން މިިިނިވަންވުމާއެކު އިންޑިޔާ އައުުޓް ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެެވެ. އެމަނިކުފާނު ވަނީ އިންޑިޔާ އައުޓް ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ޕާޓީގެ މެމްބަރުންނަށް އިރުޝާދު ދެއްވާފައެވެެ.

ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިންނަށް ރާއްޖެއިން އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވެެ، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވާފައެވެ.

އިންޑިއާ އައުޓް، ކެމްޕެއިންގެ ހަރަކާތެއްގައި މިއަދު ރައީސް ޔާމީން ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. މިއީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރަށަކަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ އިތުރުން މާދަމާ އިދިކޮޅުން އިންތިޒާމުކޮށްގެން "އިންޑިއާ އައުޓް" ސައިކަލް ބުރެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. ނަމަވެސް މިސައިކަލު ބުރަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި މި ހަރަކާތަކީ ޒުވާނުން ބާއްވާ ހަރަކާތެއް ކަމަށް ޕީޕީއެމްގެ ޒުވާނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު