ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ހަލާކުކޮށްލުމަށް ކައުންސިލްތަކުން 2281 ވަޒީފާ އުވާލާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުގައި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނޭގޮތަށް 2281 ވަޒީފާ އުވާލާފައިވާކަން ޕެންޝަން އޮފީހުގެ ރެކޯޑްތަކުން ހާމަވާ ކަމަށެވެ. އަދި ކައުންސިލްތަކުން 2281 ވަޒީފާ އުވާލުމަށްފަހު މިނިސްޓްރީ ތަކުގެ ތެރެއިން އުފެއްދެވީ 4000 ސިޔާސީ ވަޒީފާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"މިއީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ހަލާކޮށްލުމަށް ނުވަތަ ލާ މަރުކަޒީ އުސޫލުގެ ދަށުން ރާއްޖެ ހިންގުމުގެ ވިސްނުން ނެތް ކަން އެންމެ ރަނގަޅަށް ސާބިތުވާ އެއްކަމެެއްގެ ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހިނގާފައި އޮތް ކަމެއް." ރައީސް ޔާމިންގެ ވެރިކަމުގެ ފަސްއަހަރުގެ ތެރޭގައި ވަޒީފާތަށް އުފެދިފައި ހުރި ގޮތާއި އުވިފައި ހުރިގޮތް ޕެންޝަން އޮފީހުގެ ޑޭޓާ ތަކާއި ރެކޯޑްތަކާއި ހަވާލާ ދެއްވަމުން މަބުރޫކް ވިދާޅުވިއެވެ.



މީގެ އިތުރުން މަބުރޫކް ވިދާޅުވީ، ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަޒީރު ކަމުގައި ހުންނަވައިގެން ނިންމެވި ނިންމެވުންތައް ބަދަލުކުރުމުގެ މަސައްކަތް އޭނާ ފަށްޓަވާފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި އެކަންތަށް ހިނގާދިޔަ ގޮތް ރައްޔިތުން ހަނދާން ނުނެތޭ ކަމަށް މަބުރޫކް ވިދާޅުވިއެެެވެ.

"ޓީޖެޓީގެ ވާހަކަ ކަމަށް ވިޔަސް އެޗްޑީސީގެ ވާހަކަ ކަމަށް ވިޔަސް އަމިއްލަ އަތުން ލިޔެ ސޮއިކުރެއްވި ސިޓީތައް ބަދަލުކުރުމުގެ ވާހަކަ މޭޔަރު އެ ދައްކަވަނީ، އޭގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރޭ." މަބުރޫކް ވިދާޅުވިއެެވެ.

ހުޅުމާލޭގެ ބިން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދިނީ މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސް ވަރުއެވެ. އަށް އަހަރު ވަންދެން ހައުސިން މިިނިސްޓަރުކަން ކުރެއްްވި މުއިއްޒުގެ ވަޒީރު ކަމުގައި ޓީޖެޓީ ވެސް ވަނީ އެމްޕީއެލާއި ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު