ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރަތްކުރި ހިޔާ ފުލެޓްތަކުގެ ފިނިޝިން ގެ މަސައްކަތަށް 43 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހުނު ކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރަތް ކުރި 7000 ފުލެޓް ނިންމުމަށް 43 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހުނު ކަމަށާއި، އެލޯނުގެ ފައިސާ ރާއްޖެއަށް ނުލިބި ގެއްލުނީ މިސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަަށެވެ. ރައީސް ޔާމިންގެ ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފުލެޓް ފިނިޝިން އާއެކު ހިޔާ ފުލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ފުލެޓް ހަވާލުކުރާގޮތަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެޗްޑީސީން އެ ލޯނު ނަގަން ރައީސް ޔާމިން ސަރުކާރުން ނިންމާފައި އޮތީ، ފަސްޓް ޑިޒައިން ފިނިޝިން އޮޕްޝަނެއް ނިންމަން. މާނައަކީ އެ ފުލެޓް ލިބުނު މީހާ ފުލެޓަށް ވަންނާނީ ތަޅުދަނޑި އާއެކު ފިނިޝް ކޮށްފައި ހުރި ފުލެޓަކަށޭ އެމީހާ ބޭނުން ކޮންމެވެސް އެއް ޑިޒައިން އަކަށް، އެޗްޑީސީން ޗައިނާގެ ކުންފުނި ލައްވާ އެތަން ނިއްމާފައޭ ހަވާލުކުރާނީ." ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ހިޔާ ފުލެޓްގެ ފިނިޝިން ނިންމަން ފަސް ޑިޒައިނެެއް ފުލެޓް ލިބޭ ފަރާތްތަކަށް ސަރުކާރުން ހުށައެޅީ ހުޅުމާލޭގެ ފޭސް 1 ގައި ހަވާލުކުރި ފުލެޓްތައް ލިބުނު ފަރާތްތައް އެތަން ތަނަށް ބޮޑެތި ބަދަލުތަކެއް ގެންނާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިފެންސް ލޭބަލްޓީ ޕީރިއަޑާއި ކޮމްޕެނީ އާއި މެދު އޮންނަ އެގްރިމެންޓްގައި ބޮޑެތި މައްސަލަތަކެއް ދިމާވަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ އޭރު ނިއްމެވީ ޑިޒައިން ތަކެއް ދީގެން ފުލެޓް ނިންމާނެ ގޮތުގެ އޮޕްޝަން ތަކެއް ދީގެން އެއިން ބޭނުންވާ ކޮންމެވެސް އެއްގޮތަކަށް ތަން ނިއްމަދީފައި ހަވާލުކުރަން،، އެކަމަށް 43 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެއްސީ، ހަގީގަތް މިއޮތީ އޮތްގޮތް ސަރުކާރުން ވިދާޅުވަނީ މުޅިން އެހެން ވާހަކަ އެެއް، ހަގީގަތް ދޫކޮށްލާފައި ވާހަކަ ދައްކަވަނީ." ކުރީގެ ސަރުކާރުން ހިޔާ ފުލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް މަސައްކަތް ކޮށްފަައިނުވާ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިޝާރަތް ކުރައްވަމުން މޭޔަރު ވިދާޅުވިއެވެ.
ހިޔާ ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިއްމައި ސަރުކާރުން މިހާރު ވަނީ ފުލެޓްތައް ވެރި ފަރާތާއި ހަވާލުކޮށްފައެެވެ. އެ ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ކޮށްފައިވަނީ ފުލެޓް ލިބުނު ފަރާތްތައް އަމިއްލަ ޚަރަދުގައެވެ. ރައީސް ޔާމިންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރަތް ކުރި ހިޔާ ފުލެޓްތަކަށް ބައެއް މީހުން ބަދަލުވެ އެ ފުލެޓްތަކުގައި މިހާރު ވަނީ މީހުން ދިރުއުޅެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު