އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކިޔެވުން ވަގުތީގޮތުން ޢިއްޒުއްދީން ސުކޫލައް ބަދަލުކުރަން ސަރުކާރުން ނިންމަފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމީ އަރަބިއްޔާ ސްކޫލްގެ އިމާރާތުން ވަރަށް ގިނަ މައްސަލަތައް ފާހަގަވެ، އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ސަރުކާރުން ހިންގާ 213 ސުކޫލުތެރޭގައި ހިމެނޭ ޚާއްޞަ ސިފަތަކެއް އެކުލެވިގެންވާ އަދި އެ ސުކޫލަކަށް ޚާއްޞަ ސަމާލުކަމެއްދެވިގެން ހިންގާ ސްކޫލެެއްކަމަށެވެ.
މިނިސްޓްރީން ބުނީ ޢަރަބިއްޔާ ސުކޫލުގެ ޢިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލާ ޙައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. އަދި ކޮންމެ ސުކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެވޭ ތަޢުލީމާއި އެއްހަމައަކަށް މުހިންމު ކަމެއްކަމަށާއި ޢަރަބިއްޔާ ސުކޫލުގެ ޢިމާރާތުގެ ޙާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއް ނޫންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށާއި ނަމަވެސް މިފަދަ ޙައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެންމެންގެ މައްޗަށްލާޒިމުކަމެއްކަމަށެވެ.
"700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސުކޫލެއް ހިންގުމަށް ޢިމާރާތްކޮށްފައިހުރި ތަނެއްގައި. އަދި މިފަދަ ޢިމާރާތަކީ ކިޔަވައިދިނުމަށް ޚާއްޞަކޮށް ފަރުމާ ކުރެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވާތަނަކަށްވާން ޖެހޭ." ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ އެކަންކަމަށް ރިޢާޔަތްކޮށް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ޢިއްޒުއްދީން ސުކޫލައް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް ޢަރަބިއްޔާއަށް ޚާއްޞަ ކުރަންވެެސް ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެއިތުރުން އަރަބިއްޔާ ސްކޫލްގެ މިހާރުގެ އިމާރާތުގެ މައްސަލަތައް ހައްލުކޮށް، އެއީ އަރަބިއްޔާ ސްކޫލަށް ހާއްސަ އިމާރާތަކަށްވެސް ހަދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސުކޫލަކީ ދިވެހިރާއްޖޭގެ ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު މުއައްސަސާކަމަށެވެ. އަދި ޢަރަބިއްޔާ ސުކޫލުގައި ފޯރުކޮށްދެވޭ ތަޢުލީމީމަންހަޖާއި ދަރިވަރުން ހަދާ އިމްތިޙާނުތަކަކީވެސް މިސްރުގެ އަލް އަޒުހަރު ޔުނިވަރސިޓީ ޤަބޫލުކުރާ އިމްތިޙާނެއްކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ޢަރަބިއްޔާ ސުކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް އަބަދުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ހިންގާނެ ސުކޫލެއް ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު