މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ކަނޑައަޅަން އަލުން ގުރުއަތުލުން ބާއްވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޕާކިން ސްލޮޓްތަކުގެ ގުރުއަތުލުން އަލުން ބާއްވަން ސިޓީ ކައުންސިލުން ނިންމީ އެކަމަށް ބޭއްވި ގުރުއަތުލުން ނެގީ އެއްބަޔަކަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވަނިކޮށެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުރުއަތު ނެގުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އަލުން ގުރުއަތުލުން ބާއްވަން ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ ގުރުއަތު ނެގުމުގައި ހުރީ އިދާރީ މައްސަލަތަކެއްކަމަށެވެ. އަދި އޭސީސީންވެސް ފާހަގަކުރައްވަނީ އިދާރީ މައްސަލަތައްކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ގުރު ނެގުމުގައި ކޮރަޕްޝަންގެ މައްސަލައެއް ހުރިކަމަށް އޭސީސީން ފާހަގަކޮށްފައިނުވާކަމަށެވެ. އެހެންކަމުން އޭސީސީން އެދެނީ އިދާރީ މައްސަލަތައް ހައްލުކުރުމަށްފަހު އަލުން ގުރުއަތުލުން ބޭއްވުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލުން ކުރިއަށް ގެންދިޔަ ގުރުލުން ކުރިއަށް ގެންދިޔައީ މީޑިއާގެ ޙާޟިރުގައި ޓީވީން ވަގުތުން ލައިވްވެސް ކޮށްގެންނެވެ. ނަމަވެސް ގުރުލުމުގައި ނަމާއި އައިޑީކާޑު ނަންބަރުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.
ޕާކިން ސްލޮޓްތަކުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލާގައިވަނީ ޕާކިން ސްލޮޓްތަކުގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ބައެއް ފަރާތްތަކަށް ފުރުސަތު ހަނިވާގޮތަށް ކަމަަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ސްލިޕް ނަންބަރު ނުލިބޭކަމަށްވެސް މައްސަލާގައިވެއެވެ.
މާލޭން ދޫކުރާ 211 ޕާކިން ސްލޮޓަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި 969 މީހަކު ފޯމު ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު