އަހުމަދު މަސްނޫމް   17 ޑިސެމްބަރު 2021 - 2:58
ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެމްބަރުކަމަށް އިބްރާހީމް ސިޔާދު ގާސިމް އައްޔަންކޮށްފިއެވެ.

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާކަމަށްވާ ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެމްއޭސީއެލްގެ ބޯޑަށް ސިޔާދު އައްޔަންކޮށްފައިވަނީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަލާއިރު އެ ބޯޑުގައި މިވަގުތު 6 މެމްބަރުން ތިއްބަވާއިރު ޗެއާމަނަކީ މުހައްމަދު އުމަރު މަނިކެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ކުންފުނީގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ. އޭނާ ވަކިކުރިފަހުން އަދި މިހާތަނަށް އައިއިރު އެ މަގާމަށް މީހަކު އައްޔަންކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު