މާލޭގައި މިއަދު ހެނދުނު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:21 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހަމަލާ ދިން ސަރަހައްދުގައި ލޭގެ ކޯރެއް ވަނީ އުފެދިފައެވެ. މިމައްސަލައިގައި ފުލުހުުން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު