އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް ކެމްޕޭން" އާއި ދެކޮޅަށް ތެދުވެވަޑައިގެން، "އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް މިއަދު ވާހަކަފުޅު ދައްކަވާފައި މިވަނީ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އިންޑިއާ އައުޓް ކެމްޕޭން ވަރުގަދަ ކުރުމަށް މާލެ އަތޮޅުގެ ދެރަށަކަށް ދަތުރުފުޅެއް ކުރަށްވައި އެކެމްޕޭން ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ފަށްޓަވާފައި ވަނިކޮށެވެ. އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރަކީ ދިވެހީންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ.
"އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހި ރާއްޖޭގެ ދައުރަކީ ދިވެހީންނަށް އޮޅޭނެ ދައުރެއް ނޫން. އިންޑިއާ އައުޓް ކަމަކަށް ނުބުނެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ބުނަމުންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ކުޑަ މަތިންދާބޯޓު ބެލެހެއްޓުމާއި އެތަކެތި ދުއްވުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެއީ ބޮޑު ބިރެއް ކަމަށް ބުނެ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ގެންދާތާ ދުވަސް ތަކެއް ވެއްޖެއެވެ. އަދި މި ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެ ހަރަކާތް އިތުރަށް ވަރުގަދަ ކުރަށްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެޖަލްސާގައި ރައީސް ޔާމިން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ވަގުތުން ފޭބުމަށް ގޮވާލައްވާފައެވެ. އަދި އިންޑިއާ ސިފައިންގެ އެންމެ ބޫޓު ކިބައެއް ދިވެހި ބިމުގައި ހުއްޓާވެސް އެ ހަރަކާތް ހުއްޓަވާ ނުލައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުވާކޮށް އެމަނިކުފާނު ޖަލަށް ލުމަކީވެސް އަދި މިސަރުކާރުން އެމައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ތުހުމަތު ތަކެއްކޮށް ތަހުގީގު ހިންގާ ދައުވާ އުފުލުމުގައި ވެސް އިންޑިއާގެ އަތެއްވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. މީގެއިތުރުން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނަސް 2018ގެ އިންތިހާބު މިހާރުގެ ސަރުކާރަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އިންޑިއާ އެހީތެރިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް އަދި ސީދާ ރައީސް ޔާމިން ވެސް ތުހުމަތު ކުރަށްވައެވެ.
މިސަރުކާރުން އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާއިރު ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާގެ ދިފާޢުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމިންގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުން ގެންދިޔަ ގުޅުންތަކަށް ފާޅުފައި ފާޑުވިދާޅުވެ އަދި ރާއްޖޭގެ ބައެއް ރަށްތައް ޗައިނާ ސަރުކާރު ބައިވެރިވާ ބައެއް ކުންފުނިތަކަށް ވިއްކާލައި އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރަށްވާފައި ވެއެވެ. މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނު ތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ވެސް ރައީސް ނަޝީދު ގެންދަވަނީ ސިފަ ކުރަށްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އިންޑިއާއާމެދު ކުރަމުން ގެންދާ ތުހުމަތު ތަކަށް ރަށްދު ދެމުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ އިންޑިއާއިން މިސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން ތަކަކީ ރައީސް ޔާމިންގެ ސަރުކާރުގައި ދެގައުމުގެ ދެމެދުގައި ކުރެވިފައިވާ އަހުދުނާމާ ތަކުގެ ދަށުން ހިނގަމުންދާ ކަންތައްތަކެއް ކަމަށެވެ. އިދިކޮޅުން ތުހުމަތު ކުރާފަދަ ރާއްޖެއަށް ގެއްލުންވާނެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށްވެސް އިންޑިއާ ސަފީރުގެ އޮފީހުން ބުނެފައި ވެއެވެ.

Dhivehi Raajjeygai oiy India ge dhauru adhi India kan’dugai oiy Dhivehi Raajjeyge dhauru akee Dhivehinnah olheyne dhaureh noon. India out kamah nubuneveyne
— Mohamed Nasheed (@MohamedNasheed) December 17, 2021

ކިޔުންތެރިންގެ ހިޔާލު