ތޫފާނު "ރައި"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަހަރު ފިލިޕިންސަށް އެރި އެންމެ ބާރުގަދަ އެއް ތޫފާން "ރައި" ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ދަނީ ލިބެމުންނެވެ. ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނު މި ބާރުގަދަ ތޫފާނުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގާފައެެވެ.
ފިލިޕީންސްގައި ދިވެހި ދަރިވަރުން އުޅެނީ ސޫބާ ސިޓީގައެެވެ. މި ތޫފާންގެ ސަބަބުން ދިވެހި ދަރިވަރުން އުޅޭ ބައެއް ގެތަކަށް ވެސް ވަނީ ގެއްލުންވެފައެެވެ. އެގޮތުން ބައެެއް ކުދިންގެ ކޮޓަރިތަކުގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން ވެފައިވާއިރު އެ ސިޓީން ވަނީ ކަރަންޓު ކެނޑިއެެވެ. ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، އެ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެެވެ.
ތޫފާނުގެ ސަބަބުން ދަރިވަރުންނަށް ވެސް ގެއްލުންވާތީ އެކަން އެ ދަރިވަރުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ސަރުކާރުން ވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކުދިންގެ ހާލަތު އާއިލާއަށް ވަނީ އަންގާފައެވެ.
މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށްވުރެގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. ތޫފާނުގެ ސަބަބުން މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.
މިތޫފާންގެ ބާރު މިހާރު ވަނީ ދަށްވެފައެވެެ. މިތޫފާނާާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

Super #TyphoonRai has hit Philippines & there are 23 of Maldivian students in a worrisome situation in Philippines at this given moment, Our government is taking necessary measures to ensure the safety of the students, Thank you @MoFAmv for acting swiftly. My thoughts & prayers. pic.twitter.com/qmxVr1e16N
— Haitham Ahmed (@ahmhaitham) December 16, 2021
ތޫފާނުގެ ސަބަބުން ދަރިވަރުންނަށް ވެސް ގެއްލުންވާތީ އެކަން އެ ދަރިވަރުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ސަރުކާރުން ވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކުދިންގެ ހާލަތު އާއިލާއަށް ވަނީ އަންގާފައެވެ.
މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށްވުރެގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. ތޫފާނުގެ ސަބަބުން މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.
މިތޫފާންގެ ބާރު މިހާރު ވަނީ ދަށްވެފައެވެެ. މިތޫފާނާާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު