އަހުމަދު މަސްނޫމް   17 ޑިސެމްބަރު 2021 - 21:52
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކެޕްޓަން މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) އައްޔަނުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކެޕްޓަން މުޙައްމަދު ޝަރީފް އައްޔަންކޮށްފައިވާއިރު، މިހާތަނަށް އޭނާ ހުންނެވީ އެމް.ޕީ.އެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. އެ މަގާމަށް އެ ސެންކޯ ޝަރީފް ޢައްޔަންކުރައްވާފައިވަނީ 6 ފެބުރުވަރީ 2019 އެވެ.

މެރިޓައިމްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސެންކޯ ޝަރީފަކީ 1986 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު ގައުމީ އާގުބޯޓު ކުންފުނި، އެމްއެންއެސްއެލްގައި މަސައްކަތްކުރެއްވި މާސްޓަރ މެރިނަރއެކެވެ.

ކެޕްޓަނު ޝަރީފް ވަނީ މެރިޓައިމް އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން މެރިޓައިމް އޮޑިޓިން، ސޭފްޓީ އަދި ނެވިގޭޝަންގެ ދާއިރާއިން ގިނަ އަދަދެއްގެ ވޮކޭޝަނަލް އަދި ޕްރޮފެޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މެރިޓައިމް އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވެއެވެ.



ކެޕްޓަން ޝަރީފަކީ 1982 ވަނަ އަހަރުން ފެށިގެން ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި ޗެއަރމަނެވެ. މީގެ އިތުރުން، ވިޔަފާރިއާއި މެރިޓައިމް ދާއިރާގައި ފާހަގަކޮށްލެވޭ ލޯކަލް އަދި ބައިނަލްއަޤްވާމީ ކުންފުނިތަކުގެ މެނެޖީރިއަލް މަޤާމުތައް ޝަރީފު ވަނީ ފުރުއްވާފައެވެ. އޭގެތެރޭގައި ޓްރާންސްފިއުލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑީ.ޕީ.އޭގެ މަޤާމާއި، އާކްސް މެރިން، މެލްކޯ އިންޓަރނޭޝަން އަދި ކޮނެކްޓް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމް ފުރުއްވާފައިވެއެވެ.

2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކެޕްޓަން މުޙައްމަދު ޝަރީފް ކުރައްވާފައިވެއެވެ. އެމް.ޕީ.އެލްގެ ބޯޑުގައި ތިއްބަވަނީ 6 މެމްބަރުންނެވެ. އެއީ ސީ.އީ.އޯއަކާއި ޑެޕިއުޓީ ސީ.އީ.އޯއެއްގެ އިތުރުން 4 ބޯޑު ޑިރެކްޓަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު