ރާއްޖެއަށް މިހާރު ކުރައްމުންދާ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާނީ އަންނަ ހަފްތާގައިކަމަށާއި މޫސުން ގޯހަސް ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަނުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވަސްވަރު ކުރާ ވިއްސާރަކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ އަންގާރަ ހިސާބުގައިކަމަށާއި އެހެންނަމަވެސް މިދުވަސްވަރު މިކުރާ ވިއްސާރައިގައި އާއްމުކޮށް ބަނަކޮށް އޮތުމާއި ކެރީގެ އަސަރު ކުރިނަމަވެސް މޫސުން މާބޮޑަށް ގޯސްވާނެކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި އާދައިގެ ވަރަކަށް ވައިގަދަނަމަވެސް ދަތުރު ނުކުރެވޭ މިންވަރަށް ކަނޑުތައް ގަދަ ނުވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
މެޓު އޮފީހުން ބުނީ ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު