ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މާޅޮހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުﷲ އާއި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ އާބާދީގެ ގޮތުން މަދު ބަޔަކު ދިރިއުޅުނުކަމުގައި ވީނަމަވެސް އެކުންފުނީގެ މަސައްކަތް ބައްޓަން ކުރާނީ މާލެއެކޭ އެއްފެންވަރަށް އެހިދުމަތް ގާއިމްކޮށްދިނުމަށްކަމަށެވެ. އަދި ކަނޑައެޅިފައިއޮތް މުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ޝާހް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

MP for Hulhumale constituency @ali_niya, MP for Kurendhoo Constituency @AbdulGhaniKRD, Chairman of Maldives Post Limited @amode85, MD @hassanshaahu and MWSC Management Team visit B.Maalhos for the groundbreaking of Water & Sewerage Project being undertaken by #TeamMWSC pic.twitter.com/Nlzr5tS0T4
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 17, 2021
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ އާބާދީގެ ގޮތުން މަދު ބަޔަކު ދިރިއުޅުނުކަމުގައި ވީނަމަވެސް އެކުންފުނީގެ މަސައްކަތް ބައްޓަން ކުރާނީ މާލެއެކޭ އެއްފެންވަރަށް އެހިދުމަތް ގާއިމްކޮށްދިނުމަށްކަމަށެވެ. އަދި ކަނޑައެޅިފައިއޮތް މުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ޝާހް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު