އެމްޑީޕީގެ އިސް ފަރާތްތަކުން ދައްކާ "މޮޔަ" ވާހަކަތަކަށް ހެއްލޭވަރަށް ވުރެ ރައްޔިތުން މާ ހޭލުންތެރި ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.
ޒައިދު މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ވަރުގަދަވާން ފެށުމުން އެހަރަކާތަށް ފާޑުކިޔައި އެމްޑީޕީގެ އިސް ފަރާތްތަކުން އިންޑިޔާ ދިފާއުކޮށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.
އައްޝައިހް އަލީ ޒައިދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އެހެން ގައުމަކަށް ބަރޯސާވާންޖެހޭ ކަމަށް ބުނެ އެމްޑީޕީގެ އިސް ފަރާތްތަކުން ދައްކާ "މޮޔަ" ވާހަކަތަކަށް ހެއްލޭވަރަށް ވުރެ ދިވެހިން މާ ހޭލުންތެރިވާނެ ކަމަށެވެ.
"މޫދުން ގަލެއް ދައްކާފައި އެހެރީ ހަނދޭ ބުނެގެން އޮޅުވައެެއް ނުލެވޭނެ." އިންޑިޔާ ދިފާއުކޮށް އެމްޑީޕީގެ އިސް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވިއެވެ.
ޒައިދު މިހެން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ހިންގާ ހަރަކާތްތައް ވަރުގަދަ ކުރުމާއެކު އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ތެދުވެ އިދިކޮޅު ފަރާތްތަކަށް ރައްދު ދޭން ފަށާފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް މިކަމުގައި ގެންދަވަނީ ބައިވެރިވެ ވަޑައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާޢުކުރަށްވަމުންނެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު، އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އަދި އިންޑިޔާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީކުށްތައް ހިންގާ ނެޓްވާކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު