އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތަކީ އިންޑިއާގެ އެހީގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެެވެ.

ނިހާދު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކަށް އިޝާރަތް ކުރައްވަމުންނެވެ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާގެ އެހީއާއި ލޯނު އެހީގައި ހިންގާ 1.6 ބިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއު ބިރު ދައްކައިގެން ހުއްޓުވަން ހިންގާ އަމަލެއް ކަމަށާއި، އެކަން ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.

ނިހާދު ވަނީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅުމަށް ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅު ކޯލިޝަނަށް ގޮވާލައްވާފައެވެ.



ނިހާދު މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ހިންގާ ހަރަކާތެއްް ކަމަށެވެ. އެ ހަރަކާތުގައި މައިގަނޑު ގޮތެެއްގައި ގޮވާލަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށެވެ. ރައީސް ޔާމިން ޖަލުން މިނިވަންވުމާއެކު އިދިކޮޅު ކޯލިޝަނުން ހިންގާ އެ ހަރަކާތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


25

ސިވިލްބޯއި

20-Dec-2021

އިންޑިއާގެ ރިހެބްތައް ރަނގަޅު ކަމުގައި ވަނީނަމަ މިބޭފުޅާ އަށް އެނގޭނެ. ތަޖުރިބާ ވެސް ރަގަޅަށް ހުންނާނެ.