އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ސްޕޯކްޕާސަންގެ މަގާމާއި ރައީސް އަބުދުﷲ ޔާމިން ހަވާލުވެވަޑައިގެންނެވީތޯ، ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެގޮތަށް ސުވާލު އުފެެއްދެވީ އިންޑިޔާ އައުޓް ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ރައީސް އަބުދުﷲ ޔާމިން ތަރުޖަމާ ކުރައްވައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމަށް ރައީސް ނަޝީދުވެސް ބޭނުންފުޅުނުވާ ކަމަށް ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ޔާމިންގެ އެ ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ރައީސް ނަޝީދުގެ ސްޕޯކްޕާސަންގެ މަގާމާއި ރައީސް ޔާމިން ހަވާލުވެވަޑައިގެންނެވީތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ ރައީސް އަބުދުﷲ ޔާމިން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިއްޔެ ވިދާޅުވީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީކުށްތައް ހިންގާ ނެޓްވާކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އެއިން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ.
ތުލުސްދޫ އަށްވަޑައިގެން އެރަށުގައި އިއްޔެ ވާހަކަފުޅު ދައްކަަވަމުން ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ ރައީސް ނަޝީދުގެ ވާހަަކަފުޅުން ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބި ތިބުމާ ރައީސް ނަޝީދު ވެސް ދެކޮޅުކަން ހާމަވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރު ރައީސް ނަޝީދު ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް އެމަނިކުފާނު އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ ރައީސް ނަޝީދުގެ އެ ވާހަކަފުޅުންވެސް އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ފެންނަމުންދާ ކަމަށެވެ.
އިންޑިއާއިން ރާއްޖޭގައި ވަޒަންވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖާގަދެއްވަމުން އަންނަ ކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ވާހަކަފުޅުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުކަން ހާމަވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އެހެން ނޫންތޯ ނަޝީދު އެ ވިދާޅުވީ. އިންޑިއާ އައުޓް އެކޭ ނުބުނެވޭނެއޭ އެކަމަކު އިންޑިއާ މިލިޓަރީ ރާއްޖޭގައި ނުތިބެވޭނެއޭ. އެކަން ވަރަށް ސާފު ދެއްތޯ ކުރެއްވި ޓްވީޓުން ވެސް." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމިން ޖަލުން މިނިވަން ވުމާއެކު އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ރައީސް ޔާމިން ވަނީ އެ ހަރަކާތް ފުޅާ ކުރުމަށް ރަށްރަށަށް ދަތުރުތައް ވެސް ފައްޓަވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނައި އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ވަނީ އެހަރަކާތާއި ދެކޮޅަށް ތެދުވެ ރައްދު ހަމަލާތައް ދޭން ފަށާފައެވެ.

Mihaaru Raees @MohamedNasheed ge Spokesperson kamaaves RY havaaluve vadaigatheetho? 🤣🤣 pic.twitter.com/su3CrWl95x
— Hassan Latheef🎈 (@HassanLatheef) December 17, 2021

ކިޔުންތެރިންގެ ހިޔާލު