ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހޫނު ރައްދެއް ދެއްވައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އިންޑިޔާ އައުޓް ހަރަކާތަށް ފާޑުވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެެވެ. އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ތެދުވެ އިދިކޮޅު ފަރާތްތަކަށް ރައްދު ދޭން ފަށާފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް މިކަމުގައި ގެންދަވަނީ ބައިވެރިވެ ވަޑައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާޢުކުރަށްވައި ބަހުގެ ހަމަލާތަށް ދެއްވަމުންނެެވެ.

އެ ބަހުސްގައި ބައިވެރިވެވަޑައިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށްޓަކައި ޒަމާންވީ އެކުވެރި އަވައްޓެރި ގައުމަކާއި ރާއްޖެއާއި އޮތް ގުޅުން ހަރާބުކޮށް ދިވެހިން "މުސީބާތެއްގެ" ތެރެއަށް ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތް ދިވެހި ރައްޔިތުންނަށް ބަލައެއް ނުގަނެވޭނެ ކަމަށެވެ.



"ވެރިކަމަށް އަންނަން މޮޔަ ނުގޮވައި ހަރުދަނާ ސިޔާސަތެއް ހުށައަޅައި ކެމްޕޭން ކުރުން މުހިންމު." ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ކަން ކުރެއްވި ނިޒާރު ވިދާޅުވިއެވެ.

އިންޑިޔާ އައުޓް ހަރަކާތަށް ފާޑުވިދާޅުވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު، އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އަދި އިންޑިޔާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީކުށްތައް ހިންގާ ނެޓްވާކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ. އަދި އިންޑިޔާ އަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ގައުމެއް ކަމަށް ހަސަން ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު


12

ހިޔާލު

20-Dec-2021

އޯއި ނިޒާރު ކަލޭމޮޔަނުގޮވާ?


3

ބޭބެ

20-Dec-2021

އިންޑިއާ އައުޓް އިންޑިއާ އައުޓް ކެންޕޭނާއި ދެކޮޅަށް ޤައުމުދެކެ ލޯބިވާ އެއްވެސް ދިވެއްސކު ނުތެދުވާނެ އަދި ކިޔެއް އިސްލާމް ދީނާއި ދިވެހިޤައުމުދެކެ ލޯބިވާކޮންމެ ދިވެއްސަކު އަޑަށް ލެވުނުހާ ބާރެއްލާ އިންޑިއާ އައުޓް ގޮވާނެ އިންޑި އައުޓް ނޮގޮހޭނީ އިންޑިޔާއަށް ޤައުމު ވިއްކާލުމުގެ ބައިވެރިން މިސަރުކާރުން ކުރާ ވައްކަންތަކުން ބައިއެޅޭމީހުންނަ ތިމާއާއި ނޭކަށޭނަ ފަދަ މަޤާމުތަކާއި އެނޫންވެސް މާލީ މަންފާ މިސަރުކާރުން ހޯދާ ޚާއިނުން


4

އަލިބެއްޔާ

20-Dec-2021

ބުރާންޗާ އެންގޭތަ އަގުބޮޑުކުރި ސަރުކާރެއް.


5

ާއަލިބެއްޔާ

20-Dec-2021

މީ ކާކުދެން ރައީސް ޔާމީނަށް ހަރުދަނާާ ކިޔައިދޭން.