ވަރޗުއަލް ރިއަލިޓީ، ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް މައްކާގެ ގެފުގައިވާ ހަޖަރުލް އަސްވަދު ބަލާލެވޭނެ އިންތިޒާމް ހަމަޖައްސައި، ސައުދީ އަރަބިއްޔާއިން އެމަސައްކަތް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މައްކާއާއި މަދީނާގެ ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝައިޚް އަބްދުއްރަހްމާން އަލް ސުދައިސެވެ.
މި ޕްރޮގްރާމްގެ ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް ހަޖަރުލް އަސްވަދު ބަލާލުމާއި، އެ ހިލައިގައި އަތްލުމުން ކުރެވޭނެ ތަޖުރިބާ ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް ލިބޭނެއެވެ. އަދި މިއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކުރެވޭނެ ޓެކްނޮލޮޖީ އެއްކަމަށްވެސް ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އާއްމުންނަށް މި ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތް ހަދާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
މިއަހަރުގެ މޭމަހު ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ހަޖަރުލް އަސްވަދުގެ މީގެކުރިން ނުފެންނަހާ ރީތި، ސާފު ފޮޓޯތަކެއް އާއްމުކޮށްފައެވެ.
ހަޖަރުލް އަސްވަދަކީ ގެފުޅުގެ ދޮރުކޮޅުގެ ވާތް ފަރާތު ކަނުގައި ހާމަޔަށް ފެންނަ ގޮތަށް، ރިހި ކުލައިގެ ފްރޭމެއްގެ ތެރޭގައިވާ 8 ހިލަކޮޅެވެ.
ހަޖަރުލް އަސްވަދަކީ މާތްﷲގެ އަމުރުފުޅަށް ގެފުޅު ބިނާކުރެއްވި އިބްރާހިމްގެފާނަށް، ސުވަރުގެއިން ޖިބްރީލްގެފާނު މެދުވެރިކުރައްވައި ގެނެސްދެއްވި އެއްޗެކެވެ. އެންމެ ފުރަތަމަ އެއީ އެއްކޮށް އޮތް ހިލައެއް ނަމަވެސް މިހާރު އެތިކޮޅުތަކެއް ގޮތަށް އެ އޮތީ، ހަޖަރުލް އަސްވަދު ވަގަށް ނެގުމުގެ ހާދިސާތަކަކާއި ގުޅިގެންނެވެ.

During his inauguration of the "Virtual Black Stone Initiative",
— Haramain Sharifain (@hsharifain) December 13, 2021
President Sudais : “We have great religious and historical sites that we must digitize and communicate to everyone through the means of latest technologies” pic.twitter.com/bCsaobGGzf
މިއަހަރުގެ މޭމަހު ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ހަޖަރުލް އަސްވަދުގެ މީގެކުރިން ނުފެންނަހާ ރީތި، ސާފު ފޮޓޯތަކެއް އާއްމުކޮށްފައެވެ.
ހަޖަރުލް އަސްވަދަކީ ގެފުޅުގެ ދޮރުކޮޅުގެ ވާތް ފަރާތު ކަނުގައި ހާމަޔަށް ފެންނަ ގޮތަށް، ރިހި ކުލައިގެ ފްރޭމެއްގެ ތެރޭގައިވާ 8 ހިލަކޮޅެވެ.
ހަޖަރުލް އަސްވަދަކީ މާތްﷲގެ އަމުރުފުޅަށް ގެފުޅު ބިނާކުރެއްވި އިބްރާހިމްގެފާނަށް، ސުވަރުގެއިން ޖިބްރީލްގެފާނު މެދުވެރިކުރައްވައި ގެނެސްދެއްވި އެއްޗެކެވެ. އެންމެ ފުރަތަމަ އެއީ އެއްކޮށް އޮތް ހިލައެއް ނަމަވެސް މިހާރު އެތިކޮޅުތަކެއް ގޮތަށް އެ އޮތީ، ހަޖަރުލް އަސްވަދު ވަގަށް ނެގުމުގެ ހާދިސާތަކަކާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު