ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފިއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވަނީ އަލަށް އެކުލަވާލާ ޢަމަލުކުރަން ފެށި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދުގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާ މިގަވާއިދަކީރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި، އެކަން ތަންފީޒްކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުޞޫލުތައް ބަޔާންކުރާ ޤަވާއިދެކެވެ.
މިގަވާއިދުގެ ދަށުން ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ޤަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަޙައްދެއްގައިނަމަ މި ޤަވާއިދު ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.
މި ޤަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި، ސިނާޢީ ރަށްރަށާއި ސަރަޙައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި، އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެއެވެ.
އުޅަނދުތަކުގެ ޢަދަދު ކަނޑައަޅާ ފަރާތުން ބަލައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު 3 އަސާސެއް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެއީ އެ ރަށެއްގެ މީހުންގެ އާބާދީ، ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު، އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަޙައްދުގެ ބޮޑުމިނެވެ.
މިކަންކަމަށްބަލާ އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމަށް ތަފްސީލީ އެސެސްމަންޓެއް ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ކައުންސިލްތަކުން ހަދަންޖެހޭނެއެވެ. ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓާއި، ކަނޑައަޅާ ޢަދަދުތައް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންޖެހޭނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު