ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ, އިސްލާމީ ތަޢުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއްކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމުމާއި ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި އުމަރު މިއަދު ވިދާޅުވީ އަލްމަދަރަސަތުލް އިސްލާމިއްޔާ އަކީ މިރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެ މުހިއްމު އެއް ތަނބުކަމަށެވެ. އަދި އެމަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި, އިސްލާމީ ތަރުބިޔަތުގެ ރިވެތި އުސޫލު ދެމެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރާ ތަނެއްކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ މަދަރުސާއިން އިސްލާމީ ތަޢުލީމު އުނގެނެމުންދާ ގިނަ ދަރިވަރުންނަކީ އަޚުލާގީ ގޮތުން ރިވެތި ނަމޫނާއެއްކަން އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވި އެ މަދަރުސާގެ ލޮބުވެތި އުސްތާޛުންނާއި, ޢިއްޒަތްތެރިބެލެނިވެރިން މިއަދު އެތިއްބެވީ ވަރަށް ބޮޑަށް ފިކުރުބޮޑުވެ ގޮތް ހުސްވެފައިކަމަށެވެ. އަދި އޭގެ ސަބަބަކީ ދަރިވަރުންނަށް ލިބެމުން ދިޔަ އިސްލާމީ ތަޢުލީމުގެ މަތިވެރި ރިވެތި އުސޫލުތައް ގެއްލިގެން ހިނގައިދާނެތީކަމަށް އުމަރު ވިދާޅުވިއެވެ.
"އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށް." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ, އިސްލާމީ ތަޢުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
އެހެންކަމުން ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނިކޮށް ނުލައްވައި, ވަކި ސްކޫލެއް އެދަރިވަރުންނަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް އުމަރު ވަނީ އިލްތިމާސް ކުރަށްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ވެސް މިކަމަށް ބާރު އަޅުއްވައި ދެއްވުމަށް އުމަރު ގޮވާލެއްވިއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، ނުރައްކާތެރި ހިސާބަކަށް ދިއުމުން ސަރުކާރުން ވަނީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން ވަނީ އެކަމާއި ދެކޮޅު ހަދައި، އިއްޔެ މުޒާހަރާވެސްކޮށްފައެވެ.
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބުނާގޮތުން އިއްޒުދީން ސްކޫލާއި، މި ސްކޫލަކީ ދެ މީޑިއަމްއަށް ކިޔަވައިދެމުންދާ ސްކޫލަކަށް ވާއިރު، އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އަދި އެ ސްކޫލްގައި އަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ކިޔަވާދޭނެ ޖާގައެއްވެސް ނުހުންނާނެ ކަމަށް ބެލެނެވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު