އަވައްޓެރި އިންޑިޔާ ނޫން އެހެން ގައުމުތަކުންވެސް ފިޔާ، އަލުވި، ބިސް ގެނައުމުގެ ގާބިލްކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި ހުންނާނެކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެެވެ.
އާއްޓޭ މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިޔާ އައުޓް" ކެމްޕޭނާއި ގުޅިގެން ރާއްޖެއަށް ފިޔާ އަލުވި ބިސް އަދި އެގައުމުން އެތެރެކުރާ ބައެެއް ތަކެތި ލިބުން ދަތިވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެެއްވަމުންނެެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވީ، އެސްޓީއޯއިން އަޅާނުލިއަސް ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި އިންޑިޔާ ނޫން ގައުމުތަކުން އެތެރެކުރުމުގެ ގާބިލްކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި ހުންނާނެ ކަމަށާއި، ކޮވިޑުގެ ދަތި އުދަގޫ ހާލަތުގައި އެކަން ވިޔަފާރިވެރިން ސާބިތުކޮށްދީފައިވާ ކަމަށެވެ. ރާއްޖެއަށް މުދާ އެތެރެކުރަނީ ވަކި ގައުމަކަށް އެކަނި ބަރޯސާވެގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރިވެރިޔާ އާއްޓޭ ވިދާޅުވީ، އިންޑިޔާއިން ހިލަ އާއި ހިލަވެލި ނުދިނުމުން ގޮތް ހުސްވެދާނެ ކަމަށް ކުރިން ހީކުރި ކަމަށެވެ. އެހެން ނަމަވެސް ޔޫއޭއީގެ ދޮރު ހުޅުވުމުން ވަރަށް ހެއު އަގުގައި ހިލައާއި ހިލަވެލި ރާއްޖެއަށް ގެންނަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފިޔާ، އަލުވި، ބިސް ނުދީ ހިފެހެއްޓީމާ ދޮރެއް ނުހުޅެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ، އިންޑިޔާގެ މިލިޓަރީ ރާއްޖޭގައި ތިބުން އެއީ ބައެއްގެ ވިސްނުން." އެމްޑީޕީގެ އިސް ސަފުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ އާއްޓޭ ވިދާޅުވިއެެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެެއް ގައުމަކީ އިންޑިޔާއެވެ. އެގޮތުން އިންޑިޔާއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި، ބިހުގެ އިތުރުން ހިލައާއި ހިލަވެލި ފަދަ ބާވަތްތައް ހިމެނެއެެވެ. ދިވެހިން ގިނަ އަދަދަކަށް ބޭސް ފަރުވާކުރަންދާ އެއް ގައުމަކީ ވެސް އިންޑިޔާ އެވެ. މީގެސަބަބުން އިންޑިއާގެ އިގުތިޞާދަށާއި އަމިއްލަ ހަސްފަތާލު ތަކަށް ލިބޭ އާމްދަނީ އިތުރުވެ އެދާއިރާއަށް ބޮޑެތި ފައިދާ ތަކަކާއި ކުރިއެރުންތަކެއް ވެސް ވަނީ ލިބިފައެވެ. އެގޮތުން ދިވެހީންގެ ސިއްހީ އިންޝުއަރަންސް ސްކީމް ކަމަށްވާ އާސަންދައިން އެންމެ ގިނަ ފައިސާ ވަންނަ އެއް ގައުމަކީ ވެސް އިންޑިއާއެވެ.

STO alhaanuliyas fiyaa aluvi bis India noon qaumu thakun ves geneumuge furihama qaabil kan Dhivehi viyafaari verin ge kibaiga hunnaane. Evves haalathegai vaki qaumakah baroasaa vegen noon Raajje ah mudhaa ethere kuranee. Covid ge dhathi haalathuga ekan vanee saabithu koh dheefa.
— Ahmed Arif (@Arttey) December 18, 2021
މީގެ އިތުރުން ވިޔަފާރިވެރިޔާ އާއްޓޭ ވިދާޅުވީ، އިންޑިޔާއިން ހިލަ އާއި ހިލަވެލި ނުދިނުމުން ގޮތް ހުސްވެދާނެ ކަމަށް ކުރިން ހީކުރި ކަމަށެވެ. އެހެން ނަމަވެސް ޔޫއޭއީގެ ދޮރު ހުޅުވުމުން ވަރަށް ހެއު އަގުގައި ހިލައާއި ހިލަވެލި ރާއްޖެއަށް ގެންނަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
India in hila hilaveli nudhineema hadhaane goiy husvedhaane kamah heekurevunu. Ehenas UAE ge dhoru hulhuvi varah heyo aguga geneven feshi. Fiyaa aluvi bis nudhee hifehetteema dhoreh nuhulhu veyne kamah qabool kuraakah nuvaane. India Military Raajjeyga thibun eyee bayegge visnun.
— Ahmed Arif (@Arttey) December 18, 2021
"ފިޔާ، އަލުވި، ބިސް ނުދީ ހިފެހެއްޓީމާ ދޮރެއް ނުހުޅެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ، އިންޑިޔާގެ މިލިޓަރީ ރާއްޖޭގައި ތިބުން އެއީ ބައެއްގެ ވިސްނުން." އެމްޑީޕީގެ އިސް ސަފުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ އާއްޓޭ ވިދާޅުވިއެެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެެއް ގައުމަކީ އިންޑިޔާއެވެ. އެގޮތުން އިންޑިޔާއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި، ބިހުގެ އިތުރުން ހިލައާއި ހިލަވެލި ފަދަ ބާވަތްތައް ހިމެނެއެެވެ. ދިވެހިން ގިނަ އަދަދަކަށް ބޭސް ފަރުވާކުރަންދާ އެއް ގައުމަކީ ވެސް އިންޑިޔާ އެވެ. މީގެސަބަބުން އިންޑިއާގެ އިގުތިޞާދަށާއި އަމިއްލަ ހަސްފަތާލު ތަކަށް ލިބޭ އާމްދަނީ އިތުރުވެ އެދާއިރާއަށް ބޮޑެތި ފައިދާ ތަކަކާއި ކުރިއެރުންތަކެއް ވެސް ވަނީ ލިބިފައެވެ. އެގޮތުން ދިވެހީންގެ ސިއްހީ އިންޝުއަރަންސް ސްކީމް ކަމަށްވާ އާސަންދައިން އެންމެ ގިނަ ފައިސާ ވަންނަ އެއް ގައުމަކީ ވެސް އިންޑިއާއެވެ.
ކިޔުންތެރިންގެ ހިޔާލު