ސައިކޮލޮޖީ ލެބޯޓްރީއެއް ވިލާ ކޮލެޖުގައި ހުޅުވައިފި އެވެ.
މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ސައިކޮލޮޖީ ލެބޯޓްރީ އެވެ. ސައިކޮލޮޖީ ލެބޯޓްރީ ހުޅުއްވައިދެއްވާފައިވަނީ އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އާފިއާ ވިދާޅުވީ ސައިކޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރާ ދަރިވަރުންނަށް ސައިކޮލޮޖީގެ އެކި ތަޙުލީލުތައް ހެދުމަށްޓަކައި ޚާއްސަ ލެބެއް ގާއިމްވެފައި ހުރުން މުހިންމު ކަމަށެވެ.
ވިލާ ކޮލެޖުން ބުނީ މިއަދު މި އިފްތިތާހް ކުރި ސައިކޮލޮޖީ ލެބަކީ ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލަރނިންގ ނުވަތަ ތަޙްލީލީ އުނގެނުން އިތުރުކުރުމަށްޓަކައި ދަރިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ލެބެއް ކަމަށެވެ.
ސައިކޮލޮޖީ ލެބަކީ އެ ދާއިރާއިން އެކި ތަހުލީލީ އުނގެނުން އިތުރުކުރުމަށާއި ދަރިވަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ލެބެއްކަން ފާހަގަކުރެވެއެވެ. ލެބްގެ ސަބަބުން ވިލާ ކޮލެޖުގައި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އެތައް ފަސޭހައަކާއި ކުރިއެރުން ލިބިގެންދާނެކަމަށް އެ ކޮލެޖުން ވަނީ ބުނެފައެެވެ.

Highlights from the inauguration of #VillaCollege #PsychologyLab.
— Villa College (@VillaCollegeMv) December 18, 2021
This lab will enable the VC Psychology students to engage themselves in experimental learning and learn how to apply the acquired knowledge in real settings.
Apply now!https://t.co/E3et5eGuEc pic.twitter.com/7G3or0ym6j
ވިލާ ކޮލެޖުން ބުނީ މިއަދު މި އިފްތިތާހް ކުރި ސައިކޮލޮޖީ ލެބަކީ ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލަރނިންގ ނުވަތަ ތަޙްލީލީ އުނގެނުން އިތުރުކުރުމަށްޓަކައި ދަރިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ލެބެއް ކަމަށެވެ.
ސައިކޮލޮޖީ ލެބަކީ އެ ދާއިރާއިން އެކި ތަހުލީލީ އުނގެނުން އިތުރުކުރުމަށާއި ދަރިވަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ލެބެއްކަން ފާހަގަކުރެވެއެވެ. ލެބްގެ ސަބަބުން ވިލާ ކޮލެޖުގައި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އެތައް ފަސޭހައަކާއި ކުރިއެރުން ލިބިގެންދާނެކަމަށް އެ ކޮލެޖުން ވަނީ ބުނެފައެެވެ.
ކިޔުންތެރިންގެ ހިޔާލު