ފިލިޕީންސަށް އެރި ތޫފާން، ރާއީގައި މަރުވި މީހުންގެ އާއިލާތަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފިލިޕީންސަށް މި އަހަރު އެރި އެންމެ ބާރުގަދަ ތޫފާނުގައި 12 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ތޫފާން ރާއީގެ ސަބަބުން ފިލިޕީންސަށް ލިބުނު ގެއްލުންތަކާއިމެދު ހިތާމަކުރައްވާކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ކާމިޔާބުކުރެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުއާ ކުރަށްވައިފަ އެވެ.



ގަޑިއަކު 195 ކިލޯމީޓަރުގެ ގަދަވަޔާއެކު ބުރާސްފަތިދުވަހު ފިލިޕީންސްގެ ސިއާރްގާއޯއަށް އެރި ތޫފާން ރާއީއަކީ އެންމެ ނުރައްކާތެރި ތޫފާންތަކުގެ ދަރަޖައިގެ ތޫފާނެކެވެ. މި ތޫފާންގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް ބައެއް ބަނދަރުތައްވެސް ބަންދުކުރަން ޖެހުނެވެ.

ފިލިޕީންސަށް އެރި ތޫފާން ރާއީގެ ބާރު މިހާރު ދަށްވެފައިވާއިރު، އެ ތޫފާންގެ މިސްރާބު މިހާރު ހުރީ ވިއެޓްނާމާއި ދިމާއަށެވެ.



ކިޔުންތެރިންގެ ހިޔާލު