ރާއްޖޭގެ ޚާރިޖީ ގުޅުމަށް ބުރޫއަރާ އެއްވެސް ކަމަކަށް ޖާގަ ދީގެންނުވާނެ ކަމަށް އެމްޑީޕީގެ ނާއިބް މުހަންމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ޝިފާޒް މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕިއެމްގެ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ބާއްވަން މަސައްކަތް ކުރި ސައިކަލު ބުރެއް ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައިވަނިކޮށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ވިދާޅުވީ، އެއްވެސް ގައުމަކާއި މެދު ގާއިމްވެފައިވާ ޚާރިޖީ ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ދީގެންނުވާނެ ކަމަށެވެ.
"ފުލުހުން ގާނޫނީ ޒިންމާ އަދާކުރުމުގައި ސާބިތުވެ ތިއްބަވާ" އިންޑިޔާ އާއި ދެކޮޅަށް އިދިކޮޅު ޒުވާނުން އިސްނަގައިގެން ބާއްވަން މަސައްކަތް ކުރި ސައިކަލު ބުރު ފުލުހުންނަށް ހުއްޓުވުންދިފާއު ކުރައްވައި ފުލުހުންނަށް ހިތްވަރު ދެއްވަމުން ޝިފާޒް ވިދާޅުވިއެެވެ.
އިންޑިޔާގެ ސިފައިން ބޭލުމަށް ގޮވާލައި ޕީޕިއެމްގެ ޒުވާނުންތަކެއް އިސް ނަގައިގެން މާލޭގައި ބާއްވަން މަސައްކަތްކުރި ސައިކަލު ބުރު ފުލުހުން އެންމެ ފަހު ވަގުތު ހުއްޓުވާފައިވަނީ އެ ހަރަކާތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތުކޮށެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެެ. ފުލުހުން އެ ހަރަކާތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައިވަނީ އެ ހަރަކާތް ބޭއްވުމަށް ހުއްދަ ވެސް ދިނުމަށްފަހުއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވީ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.
"އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއް ކަމުގައިވީ ހިނދު އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ނެރުުނު ބަޔާނުގައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ހިންގާ އެ ހަރާކަތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެެވެ. އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ވަނީ މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.

Evves gaumakaa medhu gaaimu vefaivaa Haarijee gulhumah buroo araane evves kamakah jaaga dhevigen nuvaane. @PoliceMv ge gaanoonee zinmaa adhaakurumugai saabithuve thibbavaa.. 💪🙏 https://t.co/dxYhefXGqQ
— Mohamed Shifaz🎈 (@mdpshippe) December 18, 2021
އިންޑިޔާގެ ސިފައިން ބޭލުމަށް ގޮވާލައި ޕީޕިއެމްގެ ޒުވާނުންތަކެއް އިސް ނަގައިގެން މާލޭގައި ބާއްވަން މަސައްކަތްކުރި ސައިކަލު ބުރު ފުލުހުން އެންމެ ފަހު ވަގުތު ހުއްޓުވާފައިވަނީ އެ ހަރަކާތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތުކޮށެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެެ. ފުލުހުން އެ ހަރަކާތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައިވަނީ އެ ހަރަކާތް ބޭއްވުމަށް ހުއްދަ ވެސް ދިނުމަށްފަހުއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވީ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.
"އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއް ކަމުގައިވީ ހިނދު އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ނެރުުނު ބަޔާނުގައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ހިންގާ އެ ހަރާކަތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެެވެ. އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ވަނީ މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު