އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް، އީޕީއެސްއެސް ފައުންޑޭޝަނުން އިސްނަގައިގެން ބާއްވާ ޚިދުމަތުގެ ހަވީރު މާދަމާ ރޭ ބާއްވަން ނިއްމައިފިއެވެ.
އީޕީއެސްއެސް ސުކޫލަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިޕީއެސްއެސް ފައުންޑޭޝަނުން ބާއްވާ ޚިދުމަތުގެ ދެވަނަ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9 ޖަހާއިރު ހޮޓެލް ޖެންގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އީޕީއެސް އިން ތައުލީމް ހާސިލް ކުރެއްވި އަދި މިހާރު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހެވެ.
ރައީސްގެ އިތުރުން ނާއިބް ރައީސް ފައިސަލް ނަސީމް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ވެސް ތައުލީމް ހާސިލް ކުރެއްވީ އީޕީއެސް ސުކޫލުންނެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތުދެއްވަމުން އީޕީއެސްއެސް ފައުންޑޭޝަންގެ ރައީސް މަރިޔަމް އާދިޔާ ވިދާޅުވީ އެސުކޫލުން މާދަމާ ރޭ ބާއްވާ ޚިދުމަތުގެ ހަވީރުގައި 15 އަހަރަށްވުރެ ގިނަ ދުވަހު އެ ސުކޫލަށް ޚިދުމަތް ކޮށްދީފައިވާ ފަރާތްކަށް އެވޯޑް ދިނުމަށް ނިއްމާފައިވާ ކަމަށެވެ. އޭގެތެރޭގައި ސުކޫލުގެ ފައުންޑަރުންނާއި 26 އަހަރާއި 33 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 70 އަހަރުން ދަށުގެ ބޭފުޅުން ފިޔަވައި އީޕީއެސް ސުކޫލަށް މަދުވެގެން ތިިން އަހަރު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އެ ޚިދުމަތުގެ ހަވީރުގައި އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އީޕިއެސްއެސް ފައުންޑޭޝަނުން މީގެ ދެ އަހަރު ކުރިން ވެސް ވަނީ މިފަދަ ޚިދުމަތުގެ ހަވީރެއް ބާއްވާފައެެެވެ. އެގޮތުން އެ ފައުންޑޭޝަނުން ބޭއްވި ފުރަތަމަ ޚިދުމަތުގެ ހަވީރުގައި އެސުކޫލަށް އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް ޝަރަފު އެވޯޑް އަރުވާފައިވަނީ އުމުރުން 70 އަހަރުން މަތީގެ ބޭފުޅުންނަށެވެ.
އީޕީއެސްއެސް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26،000 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ވަނީ ތައުލީމު ހާސިލް ކޮށްފައެވެ. އީޕީއެސް ސުކޫލަކީ ރާއްޖޭގެ ތައުލީމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މާލޭގެ އެންމެ ފާހަގަކޮށްލެވޭ އަމިއްލަ ސުކޫލްތަކުގެ ތެރެއިން ސުކޫލެކެވެ.
ރާއްޖޭގެ އިސް މަގާމުތަކުގައި މިހާރު ތިއްބެވި އެތައް ބޭފުޅުންނެއް ތައުލީމް ހާސިލްކުރައްވާފައިވަނީ އެ ސުކޫލުންނެވެ. އެސުކޫލުން ތައުލީމް ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނާއިބް ރައީސް އަބުދު ﷲ ޖިހާދާއި ޕްރޮފެސަރ ހަސަން އުގައިލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބުދު ﷲ މަސީޙް ހިމެނިވަޑައިގަންނަވައެވެ. ތައުލީމީ ގޮތުންނާއި ކުޅިވަރު އަދި އަދަބީ ހަރަކާތްތަކުގައިވެސް އެ ސުކޫލަކީ އެއް ދުވަސްވަރެއްގައި އެންމެ ނަން ހިނގާ އެެއް ސުކޫލު ކަން ފާހަގަކޮށްލެވެއެވެ.

EPS Hidhumathuge Haveeru 2021 will be held on 20th December pic.twitter.com/AiWj7NlLLk
— EPS Foundation (@epsfoundationmv) December 7, 2021

ކިޔުންތެރިންގެ ހިޔާލު