ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ މިޒަމާނުގައި އާއްމު ކަމެއްކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ބުނެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އިންޑިއާއިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވައި ބެލެހެއްޓުމަށާއި އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް، ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓް މެމްބަރު ސައްލެ ވިދާޅުވީ އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބިކަމަށެވެ. އަދި އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ ވިދާޅުވެ ސަައްލެ ސުވާލުކުރެއްވިއެެވެ.
ސައްލެ ވަނީ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯ ވިދާޅުވެ އިދިކޮޅު ފަރާތްތަކާ ސުވާލު ކުރަށްވާފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެގެން އުޅެނީ އެކަމުގެ ހަގީގަތް ހާމަ ނުކުރާތީ ކަމަށް ބުނެއެވެ. އަދި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް ދިވެއްސަކު ރުހޭނެކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެބާ؟ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންބާ؟
— Ahmed Saleem (@SalleHoarafushi) December 18, 2021
ސައްލެ ވަނީ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯ ވިދާޅުވެ އިދިކޮޅު ފަރާތްތަކާ ސުވާލު ކުރަށްވާފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެގެން އުޅެނީ އެކަމުގެ ހަގީގަތް ހާމަ ނުކުރާތީ ކަމަށް ބުނެއެވެ. އަދި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް ދިވެއްސަކު ރުހޭނެކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު