އިންސާނީ ހައްގުތަކަކީ އެންމެންވެސް އިހްތިރާމްކުރަންޖެހޭ ހައްގުތަކެއްކަމަށް އދގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ ޕީޕީއެމުން އެންމެފަހުން މާލޭގައި ބާއްވަން އުޅުނު ސައިކަލް ބުރު ހުއްޓުވާ، އެކަމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކުރުމުގަައި ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީދު ވިދާޅުވީ ހިއުމަން ރައިޓްސްއަށް އިހުތިރާމް ކުރުމަށް އެންމެންނަށް އިލްތިމާސްކުރަނީ ސަބަބެއް އޮވެގެން ކަމަށެވެ. އަދި އެއީ އެކަކު އަނެކަކަށް އަނިޔާވެރިވުން ހުއްޓުވަންވެގެންކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައިވާއިރު އެންމެފަހުން ޕީޕީއެމުން ބޭއްވި އެއްވުމުގައި ޕީޕީއެމްގެ ހުޅުމާލެ ސްޓިއަރިންގް ކޮމިޓީގެ މެންބަރެއް ހައްޔަރުކުރުމަށް ފަހު ފަހަތަށް ބިޑި އަޅުވާފައި ވަރަށް ގިނައިރު އުނޑަފަޔަށް ބެއިންދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް ވަނިީ އަމާޒުވެފައެވެ.

Human Rights ah ihuthiraam kurumah emmenah mi ilthimaas kuranee ekaku anekakah aniyaaverivun huttuvan vegen! https://t.co/IEMwM9NXeY
— Ahmed Shaheed (@ahmedshaheed) December 18, 2021
ޑރ. ޝަހީދު މިހެން ވިދާޅުވެފައިވާއިރު އެންމެފަހުން ޕީޕީއެމުން ބޭއްވި އެއްވުމުގައި ޕީޕީއެމްގެ ހުޅުމާލެ ސްޓިއަރިންގް ކޮމިޓީގެ މެންބަރެއް ހައްޔަރުކުރުމަށް ފަހު ފަހަތަށް ބިޑި އަޅުވާފައި ވަރަށް ގިނައިރު އުނޑަފަޔަށް ބެއިންދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް ވަނިީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު