ގައުމީ އެެއަރލައިން މޯލްޑިވިއަނުން ބޯޓުތައް ޗާޓަރކުރުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އާއްމުކަމެއްކަމަށް މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި، އައިލެންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.
މިހާދު މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓުގެ 4 ބޯޓެއް މެއިންޓަނަންސަށް ގްރައުންޑް ކޮށްފައިވުމުން މޯލްޑިވިއަނުން އެހެން އެއަރލައިންތަކުގެ ބޯޓުތައް ޗާޓަރު ކޮށްގެން ދަތުރުތައް ބާއްވަމުންދިއުމާއި ގުޅިގެނެވެ.
މިހާދު ވިދާޅުވީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އަދި އަމިއްލަ އެއަރލައިންތަކުގެ ބޯޓްތައް ޗާޓަރކޮށްގެން އެކުންފުނިން ދެމުންގެންދާ ޚިދްމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވޭކަމަށް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ ބޯޓް ޗާޓަރ ކުރުމަކީ އެކުންފުނިން ކުރިންވެސް ކުރަމުންދާކަމެއްކަމަށެވެ. އަދި އެހެން އެއަރލައިންތަކުން މޯލްޑިވިއަންގެ ބޯޓުތައްވެސް ސީޒަންތެރޭގައި ޗާޓަރ ކުރުމަކީވެސް އާންމުކޮށް ހިނގާކަމެއްކަމަށް މިހާދު ވިދާޅުވިއެވެ. އެގޮތުން އެކުންފުނީގެ ސީޕްލޭން ބޯޓުތައްވެސް އަމިއްލަ އެއަރލައިންތަކުން ޗާޓަރ ކުރާކަމަށް މިހާދު ވިދާޅުވިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޕީކް ސީޒަނާއި ދިމާކޮށް ގިނަ ދަތުރުތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ދަތުރުތަކަށް އޮތް ޑިމާންޑުވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތަށް ޑިމާންޑް އިތުރުވާ ހާލަތުގައި ބޭނުން ޖެހިއްޖެ ނަމަ ފްލައިޓު ޗާޓަރު ކުރުމަކީ އާންމު އުސޫލެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ އަމިއްލަ އެއަރލައިންތަކުގެ ބޯޓްތައް ޗާޓަރކޮށްގެން މިކުންފުނިންދެމުންގެންދާ ޚިދްމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވެއެވެ. 2/1 @MaldivianAero
— Mohamed Mihad (@MohamedMihad) December 18, 2021
މިހާދު ވިދާޅުވީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އަދި އަމިއްލަ އެއަރލައިންތަކުގެ ބޯޓްތައް ޗާޓަރކޮށްގެން އެކުންފުނިން ދެމުންގެންދާ ޚިދްމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވޭކަމަށް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ ބޯޓް ޗާޓަރ ކުރުމަކީ އެކުންފުނިން ކުރިންވެސް ކުރަމުންދާކަމެއްކަމަށެވެ. އަދި އެހެން އެއަރލައިންތަކުން މޯލްޑިވިއަންގެ ބޯޓުތައްވެސް ސީޒަންތެރޭގައި ޗާޓަރ ކުރުމަކީވެސް އާންމުކޮށް ހިނގާކަމެއްކަމަށް މިހާދު ވިދާޅުވިއެވެ. އެގޮތުން އެކުންފުނީގެ ސީޕްލޭން ބޯޓުތައްވެސް އަމިއްލަ އެއަރލައިންތަކުން ޗާޓަރ ކުރާކަމަށް މިހާދު ވިދާޅުވިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޕީކް ސީޒަނާއި ދިމާކޮށް ގިނަ ދަތުރުތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ދަތުރުތަކަށް އޮތް ޑިމާންޑުވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތަށް ޑިމާންޑް އިތުރުވާ ހާލަތުގައި ބޭނުން ޖެހިއްޖެ ނަމަ ފްލައިޓު ޗާޓަރު ކުރުމަކީ އާންމު އުސޫލެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު