ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް ހުރަސްއަަޅައި އެކަމާ ދެކޮޅުހަދާ އެންމެން ފެއިލްވާނެ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަން އިއުލާން ކުރަައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވަލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައި އެއްވެސް މީހަކު ބައިވެރި ނުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހަންމަދު ނާޒިމް ގޮވާލެއްވުމާއި ގުޅިގެންނެެވެ. އެކަމާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހިން އަޅުވެތި ކަމާ ދެކޮޅު." އުމަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން ހިންގަވާ ޖަރީމާއެއް ކަމަށް ސިފަކުރައްވައި އެކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ބައިވެރިނުވާން ގޮވާލައްވާފައެވެ. ނާޒިމް ވިދާޅުވީ އެކެމްޕޭނަކީ ވަކި ސިޔާސީ ބޭފުޅެއްގެ ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކެއްގައި މަތިއަޅާ ފޮރުވަން ހިންގާ ކެމްޕޭނެއް ކަމަށެވެ.

"ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ ހުރެ އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން." ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު