އަރަބިއްޔާ ސުކޫލަށް މާލެއިން ބިމެއް ހޯދުމާއި ގުޅޭގޮތުން މިހަފުތާގައި ގޮތެެއް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެެއްޖެެެއެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލަށް މިއަދު ހަވީރު ވަޑައިގެން ސްކޫލްގެ ވެރިންނާއި ބެލެނިވެރިންނާއި ބައްދަލު ކުރެއްވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުންނެެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ޚާއްސަ ބިމެއް ހުޅުމާލެއިން ދިނުމަށް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ފަސްދޮޅަސްހާސް އަކަފޫޓްގެ ބިމެއް އަރަބިއްޔާއަށް ޚާއްސަ ކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަރަބިއްޔާ ސުކޫލަށް މާލެއިން ވެސް ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހަފުތާގައި އެކަމަށް ވަކިގޮތެެއް ނިމޭނެ ކަމަށް މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވިއެެވެ. މިނިސްޓަރ ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ގޮތެއް ހަދަން ސަރުކާރުން ނޫޅޭ ކަމަށާއި އެސުކޫލު އުވާލަން ވެެސް ނޫޅޭ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ސްކޫލަށް ގޮތެއް ހަދާކަށް ނޫޅެން. ދިވެހި ރާއްޖެއިން މިތަން ނައްތާލަންވެސް ނޫޅެން. ސޭވް އަރަބިއްޔާ އޭ ބުނީމަ އަޅުގަނޑު ވަރަށް ދެރަވޭ. އަޅުގަނޑުމެން ނޫޅެން އަރަބިއްޔާއަށް ގޮތެއް ހަދާކަަށް." އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުނުކުރުމަކީ ޗޮއިސްއެއް ނޫން ކަމަށެވެ. އިއްޒުދީނުގެ ސުކޫލުގައި އަަރަބިއްޔާ ކުދިންނަށް ކިޔަވައިދޭނީ ވަކިން ކަމަށާއި، ޕީޓީއޭއާއެކު މިނިސްޓްރީގެ ޕްލޭން މިއަދު ހިއްސާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބއިްޔާގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަށް އަމަލު ކުރުމަށް ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ. އަރަބިއްޔާގެ މައްސަލައިގައި ބެލެނިވެރިން ދާދިފަހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު