އަހުމަދު މަސްނޫމް   20 ޑިސެމްބަރު 2021 - 15:46
އދ. ފެންފުށީ ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ހަސަން އިބްރާހީމް ދީދީއެވެ.



މި މަޝްރޫއަކީ މިއަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން އދ. ފެންފުށި ސްކޫލައި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ވަނީ ޙަވާލުކޮށްފައެވެ. އަދި އެކުންފުންޏާއި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރާގޮތަށެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް .އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު