މާލޭ ވިޔަފާރި ބަނދަރު، އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، އެތަނާ ހަވާލުވާން މާލޭ ސިޓީކައުންސިލްގެ ބޭފުޅުން އެ ސަރަހައްދަށް ވަޑައިގެންފިއެެވެ.
ޓީޖެޓީއާ އަމިއްލައަށް ހަވާލުވާން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މިވަގުތު ތިއްބެވީ ޓީޖެޓީ ސަރަހައްދުގައެެވެ. އޭގެތެރޭގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ހިމެނިވަޑައިގަންނަވައެވެ. ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައި ވަނީ އެތަން ހުސްކުރަން އެންގުމަށް ނިންމާފައެވެ. ސިޓީ ކައުންސިލުން ފާސްކުރި އެ ނިންމުމުގައި ބުނެފައިވަނީ ކައުންސިލުން އެމްޕީއެލަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން އަމިއްލައަށް އެތަނާ ހަވާލުވާންޖެހޭނެ ކަމަށެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށް ވަނީ ހަަމަވެފައެވެ.
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު އެތަން އަތުލުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒު ހުންނަވައިގެންނެވެ.
ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި އެމްޕީއެލުން ބުނެފައިވަނީ ސަރުކާރާއެކު އެކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ.

މާލެ ޓީ ޖެޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމް.ޕީ.އެލްއަށް ދީފައިވާ 97 ދުވަސް ،18 ޑިސެމްބަރ 2021ގައި ހަމަވެފައިވާތީ ޓީ-ޖެޓީއާއި ސިޓީ ކައުންސިލުން ހަވާލުވުމަށް ޓީ-ޖެޓީ ސަރަހައްދުގައި @MMuizzu @ahmed_narysh pic.twitter.com/ZYErP4fjo1
— Male' City Council (@MaleCitymv) December 20, 2021
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު އެތަން އަތުލުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒު ހުންނަވައިގެންނެވެ.
ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި އެމްޕީއެލުން ބުނެފައިވަނީ ސަރުކާރާއެކު އެކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު