ސިންގަޕޫރު އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 10 ދަތުރަށް އިތުރުކުރުމަށް ނިންމައިފިއެވެ.
ސިންގަޕޫރު އެއާލައިނުން ރާއްޖެއަށް މިހާރު ބާއްވަނީ ހަފްތާއަކު 7 ދަތުރެވެ. ނަމަވެސް އަންނަ ޖަނަވަރީމަހުގެ 2 ވަނަ ދުވަހުން ފެށިގެން ސިންގަޕޫރު އެއާލައިނުން ރާއްޖެއަށް ކޮންމެ ހަފުތާއަކު 10 ދަތުރު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.
ސިންގަޕޫރު އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 10 ދަތުރުކުރުމަށް ނިންމާފައިވާއިރު ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިން ޖަހައިގެން ދަތުރުކުރެވޭ މަގެއް ނުވަތަ ވެކްސިނޭޓެޑް ޓްރެވެލް ލޭން، ވީ.ޓީ.އެލެއް ޤާއިމްކުރުމަށް ދެގައުމުގެ ދެމެދުގައި މިދިޔަ ހަފްތާގައި ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުން ޤާއިމްކުރުމަށް ނިންމީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން އިސްނަގައިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހެލްތު އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު