އިދިކޮޅު ޕީޕީއެމުން ހިންގާ އިންޑިއާ އައުޓް މުޒާހަރާ ހުއްޓުވޭނެ ގާނޫނީ ހަމައެއް ސަރުކާރަށް ދެއްކޭކަށް ނޯންނާނެކަމަށް ރާއްޖެގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހިދު މިހެން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެފައި ތިބުމާއި ދެކޮޅަށް ޕީޕީއެމުން ބާއްވާ މުޒާހަރާތައް ހުއްޓުވުމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވަމުންނެވެ.
ޕީޕީއެމުން އެންމެފަހުން މަގުމަތީގައި ބާއްވަން އުޅުނު ހިނގާލުން ފުލުހުން ހުއްޓުވުމާއި ގުޅިގެން ޝިފާޒު ވިދާޅުވީ އެއްވެސް ގައުމަކާއި މެދު ގާއިމުވެފައިވާ ހާރިޖީ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެކަމަށެވެ. އަދި ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ސާބިތުވެ ތިއްބެވުމަށް ޝިފާޒު ގޮވާލެއްވިއެވެ.
ޝިފާޒުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އޭނާއަކީވެސް އިންޑިޔާ އައުޓް ކެމްޕެއިނަށް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. ނަމަވެސް އިންޑިއާ އައުޓް ނަމުގައި ހިންގާ މުޒާހަރާއަށް ހުރަސް އަޅައި، އެކަން ހުއްޓުވޭނެ ގާނޫނީ އެއްވެސް ހަމައެއް ސަރުކާރަށް ދެއްކޭކަށް ނޯންނާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުން ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ދިވެހިންނަށްވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާއި ދެކޮޅަށް ވަރުގަަދަ ކެމްޕެއިނެއް ކުރަމުންދާއިރު، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެ ކަންކަން ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

I do not support the India Out campaign. But the govt has no legal basis to impede the protest march by the opposition! People in Maldives have internationally guaranteed rights of peaceful expression & peaceful assembly! @ibusolih @ShimranAb @abdulla_shahid @cvoule @Irenekhan https://t.co/s1YWw3vub8
— Ahmed Shaheed (@ahmedshaheed) December 19, 2021
ޝިފާޒުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އޭނާއަކީވެސް އިންޑިޔާ އައުޓް ކެމްޕެއިނަށް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. ނަމަވެސް އިންޑިއާ އައުޓް ނަމުގައި ހިންގާ މުޒާހަރާއަށް ހުރަސް އަޅައި، އެކަން ހުއްޓުވޭނެ ގާނޫނީ އެއްވެސް ހަމައެއް ސަރުކާރަށް ދެއްކޭކަށް ނޯންނާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުން ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ދިވެހިންނަށްވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާއި ދެކޮޅަށް ވަރުގަަދަ ކެމްޕެއިނެއް ކުރަމުންދާއިރު، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެ ކަންކަން ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު