ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު މިއަދު އަވަހާރަވެއްޖެއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ޢުމަރު ޒާހިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް މީގެ ދުވަސްތަކެއްކުރިން އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންނެވި ފަހުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
26 އޮކްޓޫބަރު 1936ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އޮނަރަބްލް ޢުމަރު ޒާހިރު ނިޝާން ޢިއްޒުއްދީނުގެ ވެރިޔާއަކީ 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ މުރާލި ހީވާގި ޤައުމީ މުވާޠިނެކެވެ. ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.
ޢުމަރު ޒާހިރު އަދާކުރެއްވި މުހިންމު ބައެއް މަޤާމުތައް، 1950، 1960، 1970 ގެ އަހަރުތައް:-
- ދާޚިލިއްޔާގެ މަޤާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
- މަޖީދިއްޔާގެ ހެޑްމާސްޓަރ
- ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
- ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
- މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު
ޢުމަރު ޒާހިރު އަދާކުރެއްވި، ސަރުކާރުގެ އިސްމަޤާމުތައް:-
- މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް (1983-1988)
(ދާޚިލީ އަދި އިޖުތިމާޢީ ޚިދުމަތްތައް، ފެންޝަން، ސޯޝިއަލް ވެލްފެއަރ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫންވެސް އިޖުތިމާޢީ ކަންކަމާބެހޭ ވަޒީރު)
- މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް (1988-1993) (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004
- މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005 (ދާޚިލީ އަދި ފުލުހުންގެ ވަޒީރު)
- ސީނިއަރ މިނިސްޓަރ 2005-2008 (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)
mކުރެއްވި ޚާއްޞަ ޚިދުމަތްތައް:-
- 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި
- މަޖީދިއްޔާގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
- މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތައް/ މާލޭ މަގުހެދުމުގެ މަޝްރޫޢު/ މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢު
- ހުޅުމާލެ މަޝްރޫޢު
- ކުނިނައްތާލުމުގެ މަޝްރޫޢާއި ކަމާބެހޭ މަސައްކަތްތައް
- ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
- ފުވައްމުލަކު ބަނދަރުގެ މަޝްރޫޢު
- ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
- ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު

ކިޔުންތެރިންގެ ހިޔާލު