ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ހަމަޖައްސަވައިފައެވެ. ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވާފައިވަނީ މާދަމާއިންފެށިގެން ތިން ދުވަހަށެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވި ހީވާގި ބޭފުޅެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައިވެސް ޢުމަރު ޒާހިރަކީ ޢަމަލީގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން، ރާއްޖެ، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ. އަދި ހުޅުލޭ އެއަރޕޯޓް ހަދަމުން ގެންދިޔައިރު، އެކަމުގައި ޢަމަލީގޮތުން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވައި، އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބިއިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެއްބާރުލުން ދެއްވާފައިވެއެވެ.
ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު