ތޫފާނު "ރައި"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަހަރު ފިލިޕިންސަށް އެރި އެންމެ ބާރުގަދަ އެއް ތޫފާންގެ ގޮތުގައި ބެލެވޭ ތޫފާން "ރައި" ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ދަނީ ލިބެމުންނެވެ. ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނު މި ބާރުގަދަ ތޫފާނުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގާފައެެވެ.
މި ތޫފާންގެ ސަބަބުން ފިލިޕީންސްގައި ދިވެހި ދަރިވަރުން އުޅޭ ބައެއް ގެތަކަށް ވެސް ވަނީ ގެއްލުންވެފައެެވެ. އަދި އެކުދިން ދިރިއުޅޭ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރުން ކިޔަވާ ފްލައިން ސްކޫލާ ވަނީ ގުޅިފައިކަމަށާއި، 45 ދިވެހި ދަރިވަރުން އެތަނުގައި އެބަތިބިކަމަށެވެ. އަދި ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކާނާ އަދި ބޯ ފެން އެކުދިންނަށް ލިބިފައިވާކަމަށާއި، އެކުދިންގެ ހާލު ރަނގަޅު ކަމަށާއި، އެ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ އެކުދިންގެ ބެލެނިވެރިންގެ އެދުމުގެ މަތިން ބައެއް ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް، ކަމާބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފައެވެ.
ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކަށްވެސް ވަނީ ދަތިތަކާވަނީ ކުރިމަތިވެފައެވެ. ނަމަވެސް ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި، ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް އެހީ ފޯރުކޮށްދިނުމުގެ ކަންކަން ހިނގަނީ ވަރަށް ލަހުން ކަމަށް ބުނެ އެގައުމުގައި ތިބި ބައެއް ދަރިވަރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ތޫފާން "ރައި" ގެ ސަބަބުން މިހާތަނަށް 208 މީހަކު މަރުވެ، 52 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި 300،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަަހައްދުތަކަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު