ފިލިޕީންސަށް އެރި ތޫފާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 375 އަށް އަރައިފިކަމަށް ފިލިޕީންސުގެ ފުލުހުން ހާމަކޮށްފިއެވެ.
މިއަހަރު ފިލިޕިންސަށް އެރި އެންމެ ބާރުގަދަ އެއް ތޫފާންގެ ގޮތުގައި ބެލެވޭ ތޫފާން "ރައި" ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ދަނީ ލިބެމުންނެވެ. ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނު މި ބާރުގަދަ ތޫފާނުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގާފައެެވެ.
މިތޫފާނުގައި 375 މީހަކު މަރުވެފައިވާއިރު، 500 މީހަކަށް އަނިޔާވެ 56 މީހަކު ވަނީ ގެއްލިފައެވެ. މި ތޫފާނުގެ ސަބަބުން ފިލިޕީންސުގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑި މުއާސަލާތީ ގުޅުންތަކަށްވެސް ވަނީ ބުރޫ އަރާފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ދަނީ ކާބޯތަކެއްޗަށާއި ފެނަށްޖެހި ސަލާން ޖަހަމުންކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ތޫފާން "ރައި" ގެ ސަބަބުން އެތައް ގެތަކެއް ބިމާ ހަމަވެ ގިނަ ބަޔަކު މަގުމަތިވެފައިވާއިރު 300،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަަހައްދުތަކަށް ބަދަލުކޮށްފައެވެ.
ފިލިޕީންސަކީ، މޫސުމައް އަންނަ ބަދަލުތަކާއެކު ގުދުރަތީ ކާރިސާތައް އެންމެ ގިނަކަމަށް ފާހަގަ ކުރެވޭ އެއްގައުމެވެ. އެގޮތުން އެވަރެޖްކޮށް އަހަރެއްގެ މައްޗަށް 20 ތޫފާން އެގައުމަށް އަރާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު